
އަންނަ ހަފްތާގައި އުނގޫފާރު އިސްލާމީ މަރުކަޒުވެސް އައިޔޫއެމްއާއި ހަވާލުކުރަނީ
big_71OWlnejp0HMhRkjP3zMERRwU
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ޝަހީދު ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ރ އުނގޫފާރުގައި ތަރައްޤީކުރި އިސްލާމީ މަރުކަޒު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއާއި ހަވާލުކުރަން ސަރުކާރުން ނިންމައިފި އެވެ.

މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެގޮތުން ޝަހީމް ވިދާޅުވީ އަންނަ ހަފްތާގައި އެ އިސްލާމީ މަރުކަޒު އައިޔޫއެމްއާއި ހަވާލުކުރެވޭނެ ކަމަށެވެ.
އުނގޫފާރުގައި ހުންނަ އިސްލާމީ މަރުކަޒު އައިޔޫއެމްއާއި ހަވާލުކުރަން ނިންމާފައިވަނީ އެސަރަހައްދުގައި އިސްލާމީ އިލްމާއި ހަދާރާތާއި ސަގާފަތު ފޯރުކޮށްދޭ މަރުކަޒަކަށް އެތަން ހެދުމަށެވެ. އެގޮތުން އައިޔޫއެމްއާއި އެ މަރުކަޒު ހަވާލުކުރުމާއި އެކު އިސްލާމީ ކޯސްތައް ހެދުމަށް މާލެ ނައިސް ކިޔެވޭޭނެ ގޮތް ވެގެން ދާނެ އެވެ.
އުނގޫފާރު އިސްލާމީ މަރުކަޒު އައިޔޫއެމްއާއި ހަވާލުކުރަން ނިންމާފައިވާއިރު އިއްޔެގެ ވަގުތެއްގައި އިސްލާމިކް މިނިސްޓްރީއިން ވަނީ ގދ ތިނަދޫގައި ހުންނަ އިސްލާމީ މަރުކަޒުވެސް އެ ޔުނިވާސިޓީއާއި ހަވާލުކޮށްފައެވެ.