
ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުންނަށް އިތުރު 11 ބޭފުޅުން އައްޔަނުކުރައްވައިފި
F_iTnLgasAADQnr
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަރުކާރުގެ މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ބައެއް ބޭފުޅުން ޢައްޔަނުކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަނުކުރެއްވި ބޭފުޅުންނާއި އެބޭފުޅުން ޢައްޔަނުކުރެއްވި މަގާމުތަކަކީ:
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ - ހ. ނީވްވިލާ، އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް - ޏ. ފުވައްމުލައް ދަނޑިމަގު. ނެރުޅު، މުޙައްމަދު ޠާރިޤް އަޙްމަދު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް - ގދ. މަޑަވެލި، ކިނާރާ، ޑޮކްޓަރ ޢަމްޒަތު އަޙްމަދު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން - ހ. ނޫމުތީ، ޢަބްދުއްރައްޒާޤު އިބްރާހީމް
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް - ސ. މަރަދޫފޭދޫ ބްލޫހެވަން، މުޙައްމަދު ޝަހުރުއްޛިޔާދު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - މ. ޒޭވަރު، މަރްޔަމް ފިޒާނާ ރަޝީދު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ތ. ހިރިލަންދޫ، ލިލީގެ، ޑޮކްޓަރ ޢަބްދުއްރަޙީމް ޙަސަން
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ގ. ގްރީންބީންސް، ފާޠިމަތު މުޙައްމަދު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ހއ. އިހަވަންދޫ، ވައިޖެހޭގެ، އަޙްމަދު ޝަފީޢު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ހ. ކިސްތީ، އަޙްމަދު މުނާޒު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވަރކްސް - ހ. ނޫމުތީ، މުޙައްމަދު އިބްރާހީމް
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެގޮތުން އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުވީ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.