logoEN
Sto top
ލަންކާގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އަންނަ އަހަރު!

ލަންކާގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އަންނަ އަހަރު!

އަހުމަދު ޝުރާއު

logo

11/22/2023, 4:35:04 PM

Dr. Mohamed Muizz Inaugural Ceremony

އަވަށްޓެރި ސްރީލަންކާގެ ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އަންނަ އަހަރު ބޭއްވުމަށް އެގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ ނިންމަވައިފިއެވެ.

Wamco

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު (ނޮވެމްބަރު 22) ތަގުރީރު ކުރައްވަމުން ރައީސް ވިކްރަމަސިންހަ ވަނީ ދެ އިންތިހާބު ފަސް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އެގޮތުން ރައީސް ރަނިލް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އަންނަ އަހަރު ބާއްވަން ނިންމާފައިވާއިރު ލޯކަލް އަދި ޕްރޮވިންސް ކައުންސިލްތަކުގެ ހުރިހާ އިންތިހާބެއް ޖެހިގެން އަންނަނ 2025 ވަނަ އަހަރު ބޭއްވޭނެ ކަމަށެވެ.

އަދި އިންތިހާބުތައް ތާރީހަށް ބޭއްވުމަށް އެއްވެސް ހުރަހެއް ނެެތްކަންވެސް ރަނިލް ފާހަގަކުރެއްވި އެވެ.

ރަނިލް މިކަން ހާމަކުރެއްވީ 2024 ވަނަ އަހަރަށް ލަފާކުރާ އެޕްރޮޕްރިއޭޝަން ބިލަށް ރައްޔިތުންގެ މަޖިލީހުގެ ބަހުސްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު އިންތިހާބުތަކުގެ ތާރީހުތައް އިއުލާނުކުރެއްވީ އިދިކޮޅު ގެ ޗީފް ވިޕް މެމްބަރު ލަކްޝްމަން ކިރިއެލާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside