logoEN
PNC TOP 3
އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ 83 މިސްކިތެއް ހަލާކުވެ، 170 މިސްކިތަކަށް ބޮޑެތި ގެއްލުންތަކެއް

އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ 83 މިސްކިތެއް ހަލާކުވެ، 170 މިސްކިތަކަށް ބޮޑެތި ގެއްލުންތަކެއް

އައިޝަތު އިފާޝާ

logo

11/21/2023, 9:34:29 PM

New Project (6)

ޔަހޫދީ އިސްރާއީލުން ފަަލަސްތީނުގެ ޣައްޒާއަށް މިހާރު ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 83 މިސްކިތެއް އެއްކޮށް ހަލާކުވެ، 170 މިސްކިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ބުނެފިއެވެ.

PNC MID 2

މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަަމަލާތައް އަމާޒުކުރަމުންދަނީ އާންމުން ދިރިއުޅޭ އިމާރާތްތަކާއި، ހޮސްޕިޓަލާއި ސްކޫލްތައް އަދި މިސްކިތްތަކަށެވެ.

ޔަހޫދީން ގެންދަނީ ހަމާސް ޖަމާއަތުން މިސްކިތްތަކާއި، ހޮސްޕިޓަލްތަކާއި ސްކޫލްތައް ބޭނުން ކުރަމުން ގެންދަނީ އަސްކަރީ އޮޕަރޭޝަންތައް ހިންގުމަށް ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. ނަމަވެސް މި ތުހުމަތުތައް ސާބިތުވާފަދަ ހެއްކެއް މިހާތަނަށް ޔަހޫދީ އިސްރާއީލަށް ދެވިފައިނުވެއެވެ.

ޔަހޫދީންގެ ހަމަލާތަކާއި ގުޅިގެން ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު މިސްކިތްތަކާއި ސްކޫލްތައް އަދި ހޮސްޕިޓަލްތަކުގައި ހިޔާވަހިކަން ހޯދަމުން ދިޔަ ނަމަވެސް އެތަންތަނަށް ދެމުންގެންދާ ހަމަލާތަކުގައިވެސް އެތައް ހާސް ބަޔަކު ވަނީ ޝަހީދުވެފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC