logoEN
cocacola
އުރުދުން އިން ޣައްޒާއަށް ގެންދިޔަ ފީލްޑް ހޮސްޕިޓަލް ހުސްކުރުމަށް އިސްރާއީލުން އަންގައިފި

އުރުދުން އިން ޣައްޒާއަށް ގެންދިޔަ ފީލްޑް ހޮސްޕިޓަލް ހުސްކުރުމަށް އިސްރާއީލުން އަންގައިފި

އައިޝަތު އިފާޝާ

logo

11/21/2023, 8:36:54 PM

Palestine (Jordan Field Hospital)

އުރުދުން އިން ޣައްޒާއަށް ގެންދިޔަ ފީލްޑް ހޮސްޕިޓަލް ހުސްކުރުމަށް އިސްރާއީލުން އަންގައިފިއެވެ.

ގޮސިޔާ

އުރުދުން އިން ވަނީ، އިސްރާއީލުން އެގޮތަށް އެންގި ނަމަވެސް އެ ހޮސްޕިޓަލް ހުސްކުރަން އެންގި އެންގުމަށް ބޯނުލަބާނެ ކަމަށެވެ.

އުރުދުންގެ ބޮޑުވަޒީރު އެގައުމުގެ ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެގައުމުގެ އަސްކަރިއްޔާއިން ބޯޑަރު ސަރަހައްދުގައި ހަރަކާތްތެެރިވާ މިންވަރު އިތުރުކުރަމުން އަންނަ ކަމަށެވެ.

ޔަހޫދީ އިސްރާއީލުން އުރުދުންގެ ފީލްޑް ހޮސްޕިޓަލް ހުސްކުރުމަށް އަންގާފައިވާއިރު، އެ ހޮސްޕިޓަލް ޣައްޒާއަށް ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އިސްރާއީލުން ގެންދަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި ޣައްޒާއަށް ހަމަލާދެމުންނެވެ. އާންމުން ދިރިއުޅޭ އިމާރާތްތަކަށް ޔަހޫދީން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 13،300 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު، އޭގެ ތެރޭގައި 5،600 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ