logoEN
cocacola
ޣައްޒާގައި ތިބި ދުވަސް ނުފުރާ ވިހެއި ތުއްތު ކުދިންނަށް ފަރުވާދިނުމަށް މިސްރަަށް ގެންގޮސްފި

ޣައްޒާގައި ތިބި ދުވަސް ނުފުރާ ވިހެއި ތުއްތު ކުދިންނަށް ފަރުވާދިނުމަށް މިސްރަަށް ގެންގޮސްފި

އައިޝަތު އިފާޝާ

logo

11/21/2023, 7:03:35 AM

Palestine

ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ދުވަސް ނުފުރާ ވިހެއި ތުއްތު ކުދިންގެ ތެރެއިން 28 ކުއްޖަކު ރައްކާތެރިކަމާއެކު މިސްރަށް ގެންގޮސްފިއެވެ.

ގޮސިޔާ

އަލްޝިފާ ހޮސްޕިޓަލުން މިދިޔަ އާދީއްތަ ދުވަހު ނެރެގެން ޣައްޒާގެ ދެކުނުގެ ހޮސްޕިޓަލަކަށް 31 ތުއްތު ކުދިން ވަނީ ގެންގޮސްފައެވެ. އޭގެ ތެރެއިން 28 ކުއްޖަކު މިސްރަށް ގެންގޮސްފައިވާއިރު އޭގެ ތެރެއިން 12 ކުއްޖަކު މިހާރު ވަނީ ގާހިރާއަށް ގެންގޮސްފައެވެ.

އަދި ޣައްޒާގައި އިތުރު 3 ކުދިންނަށް ފަރުވާ ދެމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލަށް ޔަހޫދީން ހަމަލާދޭން ފެށިއިރު އެތަނުގައި ޖުމްލަ ދުވަސް ނުފުރާ ވިހެއި 39 ކުދިންނަށް ފަރުވާދެމުންގެންދިޔައެވެ. ނަމަވެސް އެކަށީގެންވާ ފަރުވާ ނުދެވުމުގެ ސަބަބުން އޭގެ ތެރެއިން 8 ކުދިން ވަނީ ޝަހީދުވެފައެވެ.

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 13،300 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 5،600 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެެ.

ޔަހޫދީންގެ ހަަމަލާތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ވެސް 2.3 މިލިއަން މީހުން ދިރިއުޅޭ ޣައްޒާގެ 42 އިންސައްތަ ހިއްސާކުރާ ކުޑަކުދިންނަށް ކަމަށް އިންސާނީ އެހީދޭ ޖަމާއަތްތަކުން ފާހަގަކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ