logoEN
cocacola
މިޞްރުގެ ވެރިރަށް ޤާހިރާގެ މަގަކަށް ދިވެހި ނަމެއް ދެނީ!

މިޞްރުގެ ވެރިރަށް ޤާހިރާގެ މަގަކަށް ދިވެހި ނަމެއް ދެނީ!

އަހުމަދު ޝުރާއު

logo

11/20/2023, 8:46:19 PM

Screenshot 2023-11-20 at 20.45.39

ރާއްޖޭގައި ގާތް ގުޅުމެއް އަަބަދުވެސް ބާއްވަމުން އަންނަ މިސްރުގެ ވެރިރަށް ކަމަށްވާ ގާހިރާގެ މަގަކަށް ދިވެހި ނަމެއް ދިނުމަށް މަޝްވަރާކޮށްފި އެވެ.

ގޮސިޔާ

މި މަޝްވަރާތައް ކޮށްފައިވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް މިއަދު މިޞްރުގެ ސަފީރު މާޖިދު މުޞްލިޙާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެވެ.

އެގޮތުން އެދެބޭފުޅުންގެ ބައްދަލުވުމުގައި ވަނ ީދިވެހިރާއްޖެއާ މިޞްރާ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމުންވެސް އިސްކަންދޭ ކަންކަމުގައި އެކުގައި މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައި އެވެ. އަދި ދިވެހިންގެ ސަގާފަތާއި ޤައުމީ ތަރިކަ ދިރުވާ އާލާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްސަ ތަޞައްވަރެއްކަމަށާއި މި ތަޞައްވަރަށް ފަހިކަން ލިބޭ ގޮތަށް މުހިއްމު އެހީތެރިކަމެއް ދެއްވަން ހުށަހެޅުއްވީތީ އެކަމަށްޓަކައި ވަޒީރު ވަނީ މިޞްރުގެ ސަފީރަށް ޝުކުރު ދަންނަވާފައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވަނީ، 2024ވަނަ އަހަރަކީ ދިވެހިރާއްޖެއާއި މިޞްރުގެ ޚާރިޖީ ގުޅުމަށް 55 އަހަރު ފުރޭ އަހަރުކަމަށް ވުމާގުޅިގެން މި ވުޒާރާގެ ދާއިރާއިން ތަފާތު ހަރަކާތްތަކެއް ރާވާ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުންނެވެ. އަދި ރަޙުމަތްތެރިކަމުގެ ރަމުޒުތަކެއްގެ ގޮތުން މިޞްރުގެ ވެރިރަށް ޤާހިރާގެ މަގަކަށް ދިވެހި ނަމެއް ދިނުމާއި ދިވެހިރާއްޖޭގެ މަގަކަށް މިޞްރުގެ ނަމެއް ދިނުން ވަނީ މި ބައްދަލުވުމުގައި ހުށަހަޅުއްވާފައި އެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ޢަރަބި ބަސް ދަސްކޮށްދޭ ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތާއި އެކަމަށް ބޭނުންވާނެ މުދައްރިސުން މިޞްރުން ހަމަޖެއްސެވުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ. މިޞްރުގެ ސަފީރު މި މަސައްކަތަކީ މުސްތަޤުބަލުގައި ވަރަށް ފުޅާކޮށް ކުރިއަށް ދާނެ މަސައްކަތެއްކަން ފާހަގަ ކުރައްވައި މިކަމުގެ ސަބަބުން މި ރާއްޖޭގެ އިސްލާމީ ވަޙުދަތު، ޤައުމީވަންތަކަމާއި އަދި ދެޤައުމުގެ ސަގާފީ ކަންކަން ވަރުގަދަ ވެގެން ދާނެކަމެއް ކަމަށެވެ.

އަދި މިޞްރުގައި ދިވެހިރާއްޖޭގެ ސަގާފީ މަރުކަޒެއް ޤާއިމުކުރުމަށާއި ދިވެހިން ޝައުގުވެރިވާ އިސްލާމީ ތާރީޚީ ސިލްސިލާ ފިލްމުތައް ފަސޭހައިން ލިބޭނެ ގޮތްތައް ހައްދަވާ ދެއްވުމަށް އެދި ހުށަހެޅުމުން އެކަންކަން ކުރެއްވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި މިޞްރުގެ ސަފީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ހުރި ސަގާފީ ތަރިކަތައް ރައްކާތެރިކުރުމުގައި މިޞްރުގެ އެހީތެރިކަން ލިބޭނެކަމާއި، ޚާއްސަކޮށް ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޝާމިލްކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މިޞްރުގެ ސަފީރު ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ