logoEN
cocacola
ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު!

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު!

އަހުމަދު ޝުރާއު

logo

11/20/2023, 8:06:46 PM

Screenshot 2023-11-20 at 20.06.00

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް ބޭޭފުޅަކު އައްޔަނުކުރައްވައިފި އެވެ..

ގޮސިޔާ

މިއަދު ރައީސް އޮފީހުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ޖަލުތައް ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަނަލް ސާވިސްގެ ވެރިއަކަށް ހަމަޖައްސާފައިވަނީ ހަސަން ޒަރީރު އެވެ.

ހަސަން ޒަރީރު މި މަގާމަށް އައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި އެވެ. އެެގޮތުން ހަސަން ޒަރީރުއަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެެއްވި ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަނުކުރެެއްވީ ހަސަން ޒަރީރު އަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރެއްވި ބޭފުޅެކެވެެ. އޭރު ހައުސިންގ މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.

ރައީސް މުއިއްޒު ވަނީ މިއަދު ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަގާމަށްވެސް ބޭފުޅަކު އައްޔަނުކުރައްވާފައި އެވެ. އެގޮތުން އެމަގާމަށް އައްޔަނުކުރައްވާފައިވަނީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިއު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ