
ކުރީގެ ހެލްތު މިނިސްޓަރު ނާޡިމްވެސް ރައީސް އޮފީހުގެ މަގާމަކަށް!
Screenshot 2023-11-20 at 19.45.43
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް އައްޔަނުކޮށްފައިވަނީ ޅ. ހިންނަވަރު ބޮޑުފެންޑާގެ ޢަބްދުﷲ ނާޡިމް އިބްރާހީމް އެވެ.
ނާޘިމް އަކީ ރައީސް ޔާމީނުގެ ސަރުކާރުގެ ހެލްތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ނާޘިމްއަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.
ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް، ނާޡިމް އައްޔަނުކުރައްވާފައިވަނީ މިނިސްޓަރ ފެންވަރުގައި އެވެ..