logoEN
cocacola
ގަތަރުގައި ބާއްވާ އޭޝިއަން ކަޕުން ލިބޭ ހުރިހާ އާމްދަނީއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރަން ނިންމައިފި

ގަތަރުގައި ބާއްވާ އޭޝިއަން ކަޕުން ލިބޭ ހުރިހާ އާމްދަނީއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރަން ނިންމައިފި

އަހުމަދު ޝުރާއު

logo

11/20/2023, 7:26:06 PM

AFC Asian Cup - Final Draw

އޭއެފްސީ އޭޝިއަން ކަޕުން ލިބޭ ހުރިހާ އާމްދަނީއެއް ޔަހޫދީންގެ ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރަން ނިންމައިފި އެވެ.

ގޮސިޔާ

އޭޝިއަން ކަޕަކީ އޭޝިޔާގެ އެންމެ ވަރުގަދަ ބާރުތައް ވާދަކުރާ ސަރަހައްދުގެ ބޮޑު މުބާރާތެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ގަތަރުގައި އެވެ.

މި މުބާރާތް އިންތިޒާމުކުރުމަށް ގަތަރުން އެކުލަވާލާފައިވާ ކޮމެޓީއިން ބުނެފައިވަނީ ފަލަސްތީނުގެ ރިލީފް މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މުބާރާތުން ލިބޭ އާމްދަނީތައް ހަދިޔާކުރަން ކޮމެޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

ކޮމެޓީގެ ޗެއާމަން ހަމަދު ބިން ޚަލީފާ އަލް ޘާނީ ވިދާޅުވީ މި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ އިނީޝިއޭޓިވްއާއި އެކު ފަލަސްތީނުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ފައިދާކުރާނެކަން ޔަގީންކުރާނެ ކަމަށެވެ. އަދި އެންމެ އުނދަގޫ ދަނޑިވަޅުތަކުގައިވެސް ރައްޔިތުންނަށް ސަޕޯޓް މެކޭނިޒަމެއްގެ ގޮތުގައި ބޮޑު ރޯލެއް އަދާކުރާ ކުޅިވަރެއް ކަމަށެވެ.

މިއީ އޭޝިޔާގެ ފުޓްބޯޅަ މުބާރާތަކުން ފަލަސްތީނުގެ ރައްޔިތުންނަށް އެެހީވުމަށް މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ