logoEN
cocacola
ނަޝީދު ހަމާސްގެ ދިފާއުގައި: ހަމާސް ނައްތާލުމަކީ އިސްރާއީލަށާއި ހުޅަނގަށް ވާނެ ކަމެއް ނޫން!

ނަޝީދު ހަމާސްގެ ދިފާއުގައި: ހަމާސް ނައްތާލުމަކީ އިސްރާއީލަށާއި ހުޅަނގަށް ވާނެ ކަމެއް ނޫން!

އަހުމަދު ޝުރާއު

logo

11/20/2023, 12:36:17 PM

big_LJmO463FxnCkKBMry5NUI0cJE

ފަލަސްތީން ރައްޔިތުންގެ މިނިވަން ކަމަށް ޖިހާދުު ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ދިފާއުގައި އިންސާނީ ހައްގުތަކާއި މިނިވަންކަމަށް ވަކާލާތު ކުރައްވާ "ޗެމްޕިއަނެއްގެ" ގޮތުގައި ހުޅަނގުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވާހަކަފުޅު ދައްކަވައިފި އެވެ.

ގޮސިޔާ

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ނަޝީދު ހަމާސްގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައިމިވަނީ އިޒުރޭލުގެ އަމަލުތައް ކުށްވެރިކޮށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި އެވެ.

އެގޮތުން ނަޝީދު ވަނީ ފަލަސްތީން ރައްޔިތުންގެ ޖިހާދަށް ވަކިން ބޮޑަށް ހަމާސްގެ މަސައްކަތްތަކަށް ހިތްވަރު ދެއްވައި މިނިވަންކަމުގެ ރޫހު އިންސާނާގެ ގައިން ނައްތާނުލެވޭނެ ކަމަށާއި އެކަމަށްޓަަކައި އިންސާނުން އަބަދުވެސް ނިކުންނާނެ ކަމަށް ވިދާޅުވެފައި އެވެ. މިނިވަންކަމަށްޓަަކައި މަސައްކަތް ކުރާ މީހުން އަބަދުވެސް ނުރައްކަލަށް ހުށަހެޅޭނެ ކަމަށާއި ނަމަވެސް އެފަދަ މީހުން ނިމިގެން ދަންދެން އެ މަސައްކަތުގައި ދެމިތިބޭނެ ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.

އަދި ހަމާސްއެއް ފިލުވައެއް އަދި ނައްތައެއްވެސް ނުލެވޭނެ ކަމަށާއި އެކަމަކީ އިޒުރޭލަކަށްވެސް އަދި މުޅި ހުޅަނގުގެ ހުރިހާ ބާރަކަށްވެސް ވާން އޮތް ކަމެއް ނޫންކަން ފެންނަ މަންޒަރުން ހާމަވެގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ހަމާސް ސިފަކުރައްވާފައިވަނީ ފަލަސްތީންގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރާ ބައެއްގެ ގޮތުގައި އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ފަލަސްތީން ރައްޔިތުން އެކުރާ ޖިހާދަކީ އިންސާނިއްޔަތުގެ ސްޓްރަގަލްއެއް ކަމަށާއި އެކަމަކީ ފަލަސްތީން ރައްޔިތުންގެ އެކަނި ސްޓްރަގަލްއެއް ނޫން ކަމަށެވެ. އެގޮތުން އެއީ އެންމެންގެވެސް ހަނގުރާމައެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަރަބި ގައުމުތަކުން އިޒްރޭލާ ގުޅުން ބަދަހިކޮށް މުޅި ދުނިޔެ ހަމާސް ބާކީކުރުމަށް ކޮށްފައިވާ މަސައްކަތްތަކަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެއީ ބުއްދިވެރި ކަމެއް ނޫން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ހަމާސް ބާކީނުކުރެވޭނެ ކަމަށާއި ހަމާސްއިން މިދިޔަ މަހުގެ ހަތްވަނަ ދުވަހު އިޒްރޭލުގެ ދިފާއު ފޫއަޅުވާލި ހަމަލާ އަކީ ހަމާސް ބާކީކުރުމުގެ ނަތީޖާ ކަމަށްވެސް ސިފަކުރައްވާފަ އެވެ.

އަދި ފަލަސްތީނާއި އިޒްރޭލު އެއް މޭޒަކަށް ގެނެސް ވާހަކަދައްކައިގެން ދެ ގައުމަށް އެކުގައި އުޅެވޭނެ ގޮތެއް ހޯދައިގެން ނޫނީ އިޒްރޭލް ފަލަސްތީންގެ މައްސަލަ ދުވަހަކުވެސް ހައްލު ނުވާނެ ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.

މިއީ މި މައްސަލަައިގައި ނަޝީދު މިހާ ފާޅުކަން ބޮޑުކޮށް ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. އަދި ހުޅަނގާއި ނުހަނު ގާތް ގުޅުމެއް އޮންނަ ނަޝީދުގެ ފަރާތުން ހަމާސްގެ ދިފާއުގައި މިފަދައިން ވާހަކަތަކެއް ވިދާޅުވެދާނެ ކަމަށް ގިނަ ބަޔަކު އައީ ޝައްކު ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ