logoEN
cocacola
މިދިޔަ މަހު ހަތްވަނަ ދުވަހުން ފެށިގެން ހިޒްބުﷲ އިން އިސްރާއީލަށް 1000 އަށްވުރެ ގިނަ ހަމަލާދީފައިވޭ

މިދިޔަ މަހު ހަތްވަނަ ދުވަހުން ފެށިގެން ހިޒްބުﷲ އިން އިސްރާއީލަށް 1000 އަށްވުރެ ގިނަ ހަމަލާދީފައިވޭ

އައިޝަތު އިފާޝާ

logo

11/20/2023, 6:48:59 AM

Palestine

މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް 1000 އަށްވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށް ޔަހޫދީ އިސްރާއީލުގެ ޑިފެންސް މިނިސްޓަރ ޔޯވް ގަލަންޓު ބުނެފިއެވެ.

ގޮސިޔާ

ނޫސްވެރިންނަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވާ ގޮތުގައި، ހަނގުރާމަ ފެށުނީއްސުރެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލުގެ އެކި ސަރަހައްދުތަކަށް 1000 އަށްވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ހަމަލާތައް އަޔަން ޑޯމް އިން ހުއްޓުވާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

އަދި ފަހަކަށް އައިސް، އިރާގު ސީރިއާ އަދި ޔަމަނުގައި ތިބި ހަނގުރާމަވެރި ޖަމާއަތްތައް މެދުވެރިކޮށް އިސްރާއީލާ ދެކޮޅަށް ދޭ ހަމަލާތައް ވަރުގަދަ ކުރުމަށް އީރާނުން މަސައްކަތް ކުރާ މިންވަރު އިތުރުވަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ. އަދި އެކަށީގެންވާ ވަގުތުގައި ބާރުގެ ބޭނުންކޮށްގެން އޭގެ ޖަވާބު ދޭނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ޔަހޫދީ އިސްރާއީލުން މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް ހަމާދޭން ފަށާފައިވަނީ އެދުވަހުގެ ފަތިހުގެ ވަގުތެއްގައި ފަަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ޔަހޫދީ އިސްރާއީލަށް ދިން ވަރުގަދަ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ޔަހޫދީން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 13،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 5،500 އަށްވުރެ ގިނަ ކުޑަކުދިންނާއި 3،500 އަށްވުރެ ގިނަ އަންހެނުން ހިމެނޭ ކަމަށް ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

އަދި ޔަހޫދީންގެ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ހާސް ބަޔަކު ޝަހީދުވެފައި ނުވަތަ ތާށިވެފައި ތިބި ކަމަށް ބެލެވޭއިރު އޭގެ ތެރޭގައިވެސް ގިނަވީ ކުޑަކުދިން ކަމަށް އެވުޒާރާއިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ