logoEN
cocacola
އަޔަލެންޑް އަތުން މޮޅުވެ، ނެދަލޭންޑްސް ޔޫރޯއަށް ކޮލިފައިވެއްޖެ

އަޔަލެންޑް އަތުން މޮޅުވެ، ނެދަލޭންޑްސް ޔޫރޯއަށް ކޮލިފައިވެއްޖެ

ހަސަން ޝަމްއޫން

logo

11/19/2023, 4:07:06 AM

IMG_20231119_040550

ޔުއެފާ ޔޫރޯ ކޮލިފައިންގ ގުރޫޕް ބީގައި މިރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން އަޔަލެންޑް އަތުން މޮޅުވެ ނެދަލެންޑްސް އިން އަންނަ އަހަރު ޖަރުމަނުގައި އޮންނަ މުބާރަތުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ނެދަލޭންޑްސް އިން މެޗު ޑޮމިނޭޓުކުރި އިރު، މިހާފުގައި އެޓީމުން ވަނީ އަޔަލެންޑްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ވެގްހޯސްޓް އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ސްޓެފަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެއިތުރުން ވެސް މިހާފުގައި އެޓީމަށް ވަނީ ލީޑު ފުޅާކުރުމަށް ރަގަޅު ފުރުސަތުތަކެއް ލިބި ބޭނުންނުކުރެވިފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ނެދަލޭންޑްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ނެދަލޭންޑްސް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކޮލިފައިންގައި ކުޅުނު 7 މެޗުން ނެދަލޭންޑްސް އަށް 15 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ގްރޫޕްގެ ދެވަނައިގައެވެ.

ތިންވަނައިގައި އޮތް ގްރީސްއަށް 7 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު ގުރޫޕްގެ ފަހު މެޗުގައި ޖިބްރޯލްޓާ އަތުން ނެދަލޭންޑްސް ބަލިވެ، ފުރާންސް އަތުން ގްރީސް މޮޅުވި ނަމަވެސް ދެޓީމުގެ ކުރިމަތިލުންތަކުން ނެދަލޭންޑްސް ކުރި ހޯދާފައިވާތީ ގްރޫޕްގެ ދެވަނަ އެޓީމަށް ވަނީ ކަށަވަރުވެފައެވެ.

މިމެޗުން ބަލިވި އަޔަލެންޑް ކުޅުނު 8 މެޗުން ލިބުނު 6 ޕޮއިންޓާއެކު އެޓީމު ކޮލިފައިންގެ މެޗުތައް ނިންމާލީ ގުރޫޕް ބީގެ ހަތަރު ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ