logoEN
Sto top
މާފަންނު ގަޑި ބުރު ޒަމާނާއި އެއްގޮތަށް ތަރައްޤީކޮށް މިރޭ އިފްތިތާހުކުރަނީ

މާފަންނު ގަޑި ބުރު ޒަމާނާއި އެއްގޮތަށް ތަރައްޤީކޮށް މިރޭ އިފްތިތާހުކުރަނީ

އަހުމަދު ޝުރާއު

logo

11/18/2023, 6:22:05 PM

GADI BURU

މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި، މާފަންނު ގަޑިބުރު އަލުން ޒަމާނީ ފަރުމާއަކަށް ތަރައްޤީކޮށް، މިރޭ އިފްތިތާޙްކުރަން ތައްޔާރުވެއްޖެ އެވެ.

Wamco

ޒަމާނީކޮށް ތަރައްޤީކުރި ގަޑިބުރު އިފްތިތާހްކުރުމަށް މިރޭ އެސަރަހައްދުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ތައްޔާރުވެފައި އެވެ. އެގޮތުން ޒަމާނި ގަޑިބުރު ރަސްމީކޮށް ހުޅުއްވައި ދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެވެ.

މާފަންނު އޯކިޑްމަގާއި ފަރީދީމަގު ހިމެނޭ ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ ގަޑިބުރަކީ މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި ތަނެކެވެ. މާލެ ސިޓީ ކައުންސިލުން ގަޑިބުރު އަލުން އިމާރާތްކޮށް ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރް.ސީ.ސީ) އިންނެވެ. މިއީ ރައީސް ޑރ މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ކަމުގައި ހުންނަވައި ފެއްޓެވި މަސައްކަތެކެވެ.

ޒަމާނީކޮށް ތަރައްޤީކުރި ގަޑިބުރު ވަށައިގެން ހުންނަ ލެޑް ޕެނަލްތަކުގައި އެކި ފަރުމާތައް ދިއްލެއެވެ. އިސްލާމީވަންތަކަން ރަމްޒުވާ ފަރުމާއަކަށް ފަރުމާކޮށްފައިވާ ގަޑިބުރުގައި ހަތަރު ފަރާތުން ފެންނާނެހެން ގަޑިތައް ހުރެއެވެ. މި ގަޑިބުރުން 5 ވަގުތު ބަންގީގެ އަޑުއިވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside