logoEN
cocacola
އެވަޓަންގެ 10 ޕޮއިންޓް އުނިކޮއްފި

އެވަޓަންގެ 10 ޕޮއިންޓް އުނިކޮއްފި

ހަސަން ޝަމްއޫން

logo

11/18/2023, 3:06:12 PM

IMG_20231118_150459

އިގިރޭސި ޕްރެމިއާ ލީގުގެ ފައިނޭންޝަލް ފެއާޕްލޭ ގަވާއިދާ ހިލާފުވުމުން، އެވަޓަންގެ 10 ޕޮއިންޓް އުނިކޮށްފިއެވެ.

ގޮސިޔާ

ފައިނޭންޝަލް ފެއާ ޕްލޭއަކީ ފުޓްބޯޅަ ކްލަބްތައް ހަރަދުކުރުމަށް ހަދާފައިވާ މާލީ ގަވާއިދެވެ. މި ގަވާއިދުގައިވާ ގޮތުން ތިން އަހަރު ތެރޭ ޕްރިމިއާ ލީގުގެ ކޮންމެ ކްލަބަކަށް ވެސް ގެއްލުމުގެ ގޮތުގައި، 105 މިލިއަން ޕައުންޑް (130 މިލިއަން ޑޮލަރު) ޚަރަދު ކުރެވިދާނެއެވެ.

ނަމަވެސް އެވަޓަން އިން މާލީ އުސޫލާ ހިލާފުވެފައިވާ ކަމަށް މިދިޔަ މާޗް މަހު، ރިޕޯޓްކުރުމާ ގުޅިގެން، އެ މައްސަލަ ބަލަން އެކުލަވާލި މިނިވަން ކޮމިޝަނުން ބެލި ބެލުމުން އެނގިފައިވަނީ އެޓީމުން ގެއްލުމުގެ ގޮތުގައި އިތުރަށް 19 މިލިއަން ޖުމްލަ 124 މިލިއަން ޕައުންޑް (154 މިލިއަން ޑޮލަރު) ޚަރަދުކޮއްފައެވެ. އެހެންވެ، ލީގުން ނިންމީ އެވަޓަންގެ 10 ޕޮއިންޓް އުނިކުރުމަށެވެ.

އެވަޓަންއިން 10 ޕޮއިންޓް އުނިކުރުމާއެކު އެ ޓީމުވަނީ ޓޭބަލްގެ ފުލުން ދެވަނައަށް ވެއްޓިފައެވެ. އެޓީމުގެ ޕޮއިންޓް އުނިކުރުނުގެ ކުރިއަށް އެވަޓަން އޮތީ 12 މެޗުން 14 ޕޮއިންޓާއެކު ތާވަލުގެ 14 ވަނައިގައެވެ. އަދި ތާވަލުގެ ފުލުގައި އޮތް ބާންލީ އަށް ވެސް 12 މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެވަޓަން އަށް އެޓީމަށްވުރެ ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

މިއީ، މިހާތަނަށް މި ފަދަ މައްސަލައެއްގައި ޕްރިމިއާ ލީގުގެ ތާރީޚްގައި ވެސް ޓީމަކަށް ދިން އެންމެ ބޮޑު އަދަބެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ