logoEN
cocacola
ޝިފާ ހޮސްޕިޓަލުގައި ތިބި މީހުންނަށް ބަޑިން ބިރުދައްކައި ބޭރުކުރަން ފަށައިފި

ޝިފާ ހޮސްޕިޓަލުގައި ތިބި މީހުންނަށް ބަޑިން ބިރުދައްކައި ބޭރުކުރަން ފަށައިފި

އައިޝަތު އިފާޝާ

logo

11/18/2023, 2:13:36 PM

New Project (5)

މިއަދު ހެނދުނު އެއް ގަޑިއިރު ތެރޭ ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލް ހުސްކުރުމުގެ އިންޒާރު ދިނުމަށްފަހު، ޔަހޫދީ އަސްކަރިއްޔާއިން އެތަނުގައި މިވަގުތު ތިބި މީހުން ގަދަކަމުން ބޭރުކުރަން ފަށައިފިއެވެ.

ގޮސިޔާ

ރިޕޯޓުތައް ބުނާ ގޮތުގައި ޝިފާ ހޮސްޕިޓަލުގައި މިވަގުތުވެސް ތިބި އެތައް ސަތޭކަ ބަލި މީހުންނާއި، ގެދޮރު ގެއްލިފައިވާ މީހުން އަދި ޑޮކްޓަރުންނާއި މެޑިކަލް ސްޓާފުން ޔަހޫދީ އިސްރާއީލުން ގެންދަނީ ގަދަކަމުން ބޭރުކުރަމުންނެވެ. އަދި ޔަހޫދީ އަސްކަރިއްޔާއިން ގެންދަނީ މީހުންނަށް ބަޑިން ބިރުދައްކައި ވަގުތުން ނުކުތުމަށް އަންގަމުންނެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ، އަލްވެހްދާ މަގުން ނުކުތުމަށް މީގެ ކުރިން ހޮސްޕިޓަލުގައި ތިބި މީހުންނަށް އަންގާފައެވެ. ނަމަވެސް އެ މަގަކީ ޣައްޒާގެ ދެކުނުގެ ސަރަހައްދަށް ދިއުމަށް ބޭނުން ކުރާ މަގެއް ނޫން ކަމަށް ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޝިފާ ހޮސްޕިޓަލުގެ ގޯތި ތެރޭގައި ޝަހީދުވެފައިވާ އެތައް ބައެއްގެ ހަށިތައް މިހާރުވެސް އެބަތިބި ކަމަށާއި، ޔަހޫދީން ޝިފާ ހޮސްޕިޓަލް ވަށާލައި ދެމުންގެންދާ ހަަމަލާތަކާއި މީހުން ވަޅުލުމާއި އެހެނިހެން ކަންކަމުގައި ބޭރަށް ދިއުން ހުއްޓުވާފައިވުމާއި ގުޅިގެން އެމީހުން ވަޅުލެވޭނެ ގޮތެއް ނެތް ކަމަށެވެ.

އަދި ޝިފާ ހޮސްޕިޓަލުން ފެނުގެ ހިދުމަތް ހުއްޓާލާފައިވާތާ މިހާރު ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެކަމުގެ ސަބަބުން ސާފުތާހިރުކަމާއި އެކަށީގެންވާ ވަރަށް ބޯފެން ނުލިބުމުގެ ސަބަބުން އިތުރު އުނދަގޫތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

އިތުރު ތަފްސީލު އަންނަނީ..

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ