
މިއަދުގެ މޫސުން: މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވޭ
Moosun
މިއަދު ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

އެއިދާރާއިން މިއަދުގެ މޫސުން ލަފާކޮށްފައިވާ ގޮތުގައި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެއެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުުރުން އެކަށީގެންވާ ކަމަށްވެސް އެއިދާރާއިން ލަފާކޮށްފައިވެއެވެ.
އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އުތުރާއި މެެދުރާއްޖެތެރޭގެ އަތޮޅުތަަކަށް ވައި އެނބުރި އާންމުގޮތެއްގައި މަޑުން، އިރުދެކުނާއި ދެކުނުން ގަޑިއަކު 03 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ އަތޮޅުތަކުގައި އިރުދެކުނާއި ދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅު އުސްމިން ހުރިހާ ސަރަހައްދެއްގައިވެސް ހުންނާނީ 1 - 4 ފޫޓު އުސްމިނުގައި ކަމަށް އެއިދާރާއިން ލަފާކޮށްފައިވެއެވެ.