logoEN
WAMCO TOP 1
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅުވެސް އިސްތިއުފާ ދެއްވަނީ

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅުވެސް އިސްތިއުފާ ދެއްވަނީ

އައިޝަތު އިފާޝާ

logo

11/15/2023, 10:05:11 PM

l_2022_08_23_115414_znlq9pu48gaco2fj3ts7wvrdbm615kxiyhe_EN_

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމުން އަޙްމަދު މުޙައްމަދުފުޅު އިސްތިއުފާ ހުށަހަޅުއްވައިފިއެވެ.

THE TRAVELLER AD

މަޤާމުން އިސްތިއުފާދެއްވަން ނިންމަވާ، އަޙްމަދު މުޙައްމަދުފުޅު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އިސްތިއުފާގެ ސިޓީވެސް ހުށަހަޅުއްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މި މަޤާމުން އިސްތިއުފާދެއްވަން ހުށަހަޅާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމުގައި އަހުމަދު މުހައްމަދުފުޅު ވަނީ 3 އަހަރާއި 10 މަސްދުވަސް ހޭދަކުރައްވާފައެވެ. އަދި މި މުއްދަތުގައި އެކުގައި މަސައްކަތްކުރި ބޭފުޅުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކޮށްފައެވެ.

މަޤާމުން ވަކިވުމުގެ ކުރިން ބުރާސްފަތި ދުވަހު ހުރިހާ ޖަލުތަކަށް ޒިޔާރަތްކުރައްވާނެކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ފަހުގެ
HDC