logoEN
cocacola
އޮސްޓްރޭލިޔާގެ ޒުވާން ފޯވާޑް އިރަކުންޑާ ބަޔާން މިއުނިކަށް

އޮސްޓްރޭލިޔާގެ ޒުވާން ފޯވާޑް އިރަކުންޑާ ބަޔާން މިއުނިކަށް

ހަސަން ޝަމްއޫން

logo

11/15/2023, 3:43:50 PM

IMG_20231115_154215

އޮސްޓްރޭލިއާ ލީގުގެ އެޑިލޭޑް ޔުނައިޓެޑަށް ކުޅެމުންއަންނަ ހުނަރުވެރި ޒުވާން ފޯވާޑް ނެސްޓޯރީ އިރަކުންޑާގެ ސޮއި ބަޔާން މިއުނިކުން ހޯދައިފިއެވެ.

ގޮސިޔާ

މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 17 އަހަރުގެ ޒުވާން ފޯވާޑް ބަޔާން މިއުނިކަށް ބަދަލުވީ 3 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައެވެ. އަދި އޭނާ ބަޔާންގެ ޓީމާއި ގުޅުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހު އެވެ.

އެޑިލޭޑް ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން އެންޕީއެލް ލެވެލްގައި އެޑިލޭޑް ކްރޮއޭޝިއާ ރެއިޑާސް އަށް ކުޅެމުން އައި އިރަންކުންޑާ ވަނީ އެޑިލޭޑްގައި އެކި އުމުރުފުރާތަކުގެ ޓީމަށް ކުޅެފަ އެވެ.

2022 ވަނަ އަހަރު އެޑިލޭޑް އާއެކު ޕްރޮމޯޝަނަލް ކެރިއަރު ފެށުމުގެ ކުރިން 2021 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އޭނާ ވަނީ އެކުލަބާއެކު ސްކޮލަޝިޕް ކޮންޓްރެކްޓެއްގައި ސޮއިކޮށް، އޭ ލީގުގެ ތާރީހުގައި ކުޅުނު ހަވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އަދި އޭނާ ވަނީ އެ އަހަރު ލީގުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް އޭ ލީގު ތާރީޚްގައި ލަނޑުޖެހި ދެ ވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފަ އެވެ.

މީގެއިތުރުން އޭނާ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 38 މެޗުގައި 9 ލަނޑު ކާމިޔާބުކޮށްދިނުމުގެ އިތުރުން އިތުރު ދެ ލަނޑު ކާމިޔާބުކޮށްދިންނުމަށް އެހީތެރިވެދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ