![އައިޕީޔޫގެ އިސްމަގާމަކަށް މެމްބަރު ޖީހާން!](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F11%2F%DE%96%DE%A9%DE%80%DE%A7%DE%82%DE%B0.jpeg&w=3840&q=75)
ޖީހާން
އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ޑިމޮކްރަސީ އަދި ހިއުމަން ރައިޓްސް ކޮމެޓީގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ހޮވިއްޖެއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ޖީހާން މި މަޤާމަށް އިންތިޚާބުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އެކަމަނާއަށް މަރުޙަބާ ދަންނަވާފައެވެ.
މިކޮމެޓީގެ މެންބަރަކަށް ޖީހާން ވެވަޑައިގެންފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. ޖީހާނަކީ ރާއްޖެއިން މި ކޮމެޓީއަށް އިންތިޚާބުވި އެންމެ ފުރަތަމަ މެންބަރެވެ. އަދި ކޮމެޓީގެ ރައީސްއަކަށް ހޮވިވަޑައިގަތުމާއެކު، އެކަމަނާ ވެފައިވަނީ ކޮމެޓީގެ ރައީސްކަން ކުރައްވާ އެންމެ ފުރަތަމަ ދިވެއްސަށެވެ.
އިންޓަރ ޕާލިމެންޓަރީ ޔޫނިއަނަކީ 1889 ވަނަ އަހަރުން ފެށިގެން އުފައްދާފައިވާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ ބޭނުމަކީ ޑިމޮކްރެޓިކް ގަވަނަންސްގެ ތެރެއިން ޤައުމުތަކުގައި ޤާނޫނު ހަދާ މަޖިލިސްތައް ކުރިއަށް ގެންދިއުމާއި، މަޖިލީހުގެ ތެރެއިން އަންހެން މެންބަރުންނަށް ގޮނޑި ލިބޭ ފުރުޞަތު އިތުރުކޮށް، ޒުވާނުން ސިޔާސީ މައިދާނަށް ނިކުތުމަށް ބާރުއެޅުމެވެ. އެގޮތުން ދުނިޔޭގެ ޤާނޫނު ހަދާ މަޖިލިސްތައް ހިމެނޭ މި ޔުނިއަންގައި 150 ވުރެ ގިނަ ޤައުމުގެ މަޖިލިސްތައް ތަމްޞީލުކުރެއެވެ.
މި ޔޫނިއަންގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމެޓީއަކީ އެ ޖަމްޢިއްޔާގެ ދާއިމީ ކޮމެޓީތަކުގެ ތެރެއިން މުހިންމު އެއް ކޮމެޓީއެވެ. މިއީ ޑިމޮކްރެސީއާއި ހިއުމަން ރައިޓްސް ކުރިއެރުވުމުގެ މަސައްކަތްކުރުމަށް އައިޕީޔޫގައި އެކުލަވާލާފައިވާ ކޮމެޓީއެވެ.