logoEN
PNC TOP 3
މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

އަލްފާ އަލީ

logo

11/8/2023, 5:34:41 PM

ސްޓެލްކޯ| Stelco

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެ އެވެ.

PNC MID 2

ސްޓެލްކޯއިން ވިދާޅުވީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ގަލޮޅު ނިރޮޅުމަގު ހިމެނޭ ސަރަހައްދުން މާދަމާ ހެނދުނު 09:30 އިން 11:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.

ކަރަންޓު ވިއުގަ އަޕްގެރޭޑް ކުރުމުގެ ތެރެއިން ކަރަންޓު ކެނޑި، އާއްމުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

ސްޓެލްކޯއިން އަންނަނީ މާލޭގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މަސައްކަތްތައް ކުރިއަށްދާ ސަރަހައްދުތަކާއި، މި މަސައްކަތުގެ ތެރެއިން ކަރަންޓު ކެނޑިދާނެ ސަރަހައްދުތަކުގެ މައުލޫމާތު އެކުންފުނިން އަބަދުވެސް އާއްމުކުރެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC