
White Alert
މޫސުން ގޯސްވެ ރާއްޖޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، ނ އަތޮޅުން ފެށިގެން އއ އަތޮޅާ ހަމައަށެވެ.
އެއިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މިއަދު 16:30 އިން ފެށިގެން 20:30 އާ ހަމައަށް އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވުމާއި ގުޅިގެން، ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.