
White Alert
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، ހއ އަތޮޅުން ފެށިގެން ގއ އަތޮޅާ ހަމައަށެވެ.
އެއިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މިއަދު ހަވީރު 16:00 އިން ފެށިގެން 22:00 އާ ހަމައަށް އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވުމާއި ގުޅިގެން، ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.