logoEN
Sto top
ސައުދީ ލީގު: ރަށުން ބޭރުގައި އަލް ޝަބާބު އަތުން، ޗެންޕިއަން އަލް އިއްތިހާދު ބަލިވެއްޖެ

ސައުދީ ލީގު: ރަށުން ބޭރުގައި އަލް ޝަބާބު އަތުން، ޗެންޕިއަން އަލް އިއްތިހާދު ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

11/4/2023, 8:46:58 AM

IMG_20231104_084037

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރުދުވަހުގެ ރޭ ރަށުން ބޭރުގައި އަލް ޝަބާބު އާއި ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ޗެންޕިއަން އަލް އިއްތިހާދު ބަލިވެއްޖެ އެވެ.

Wamco

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އަލް ޝަބާބު އިން ލީޑު ހޯދީ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ކާލޯސް ޖޫނިއަރ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ފަވާޒް އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް އަލް އިއްތިހާދުގެ ގީލު އޭރިއާ ރޮނގުމަތީހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑަށްފަހު ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އަލް ޝަބާބު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ޗެންޕިއަން އަލް އިއްތިހާދު އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރި އިރު، މިހާފުގައި އެޓީމުން ވަނީ އަލް ޝަބާބުގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އަލް ޝަބާބު ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 12 މެޗުން 15 ޕޮއިންޓް ހަމަކޮށް އަލް ޝަބާބު އިން ލީގު ތާވަލުގެ 9 ވަނައަށް ކުރިއަށް ޖެހިލާފައި ވާއިރު، މިމެޗުން ބަލިވި އަލް އިއްތިހާދު ލީގުގައި ކުޅުނު 12 މެޗުން ލިބުނު 21 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަ ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC