logoEN
Sto top
މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ފުލުހުން ކުރިއަށް ގެންގޮސްފި

މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ފުލުހުން ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

3/4/2021, 12:48:00 PM

156589623_3680827358679550_5846240822147563893_n

ސްކޫލްތަކުގެ ދަރިވަރުންނަށް ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ގުޅޭގޮތުން މައުލޫމާތުދީ ހޭލުންތެރި ކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

Wamco

މާރިޗު މަހުގެ 1 އިން 3 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ތެރެއިން 280 ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ. މި ޕްރޮގްރާމް ކުރިޔަށް ގެސްގޮސްފައިވަނީ ތިނަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުންނެވެ. މި ޕްރޮގްރާމުގައި ގްރޭޑް 8 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ.

undefined

އެގޮތުން އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ނޭދެވޭ ކަންކަމުގެ މައުލޫމާތު ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީފައިވެއެވެ. އަދި އިންޓަނެޓު ބޭނުންކުރުމުގައި ދަރިވަރުންނަށް ރައްކާތެރި ގޮތަކީ ކޮބައިކަމާއި ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރާނެ ގޮތްތައް ބުނެދީފައިވެއެވެ. އަދި އިންޓަނެޓުން ދިމާވާ ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށާއި ދަރިވަރުންގެ ޒާތީ މައުލޫމާތު އެ މީހުންނާ ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ނޭދެވޭ އެއްވެސް ކަމެއް ފާހަގަ ކުރެވިއްޖެނަމަ ސިއްރުނުކޮށް ބެލެނިވެރިންނާ ހިއްސާކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މީގެ އިތުރުން، އާންމު އިޖުތިމާއި މިންގަނޑުތަކަކީ ކޮބައިކަމާއި އާންމު އިޖުތިމާއި މިންގަނޑުތަކާ ހިލާފު އަމަލުތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކަންކަމުން ދުރުހެލިވެތިބުމަށް މައުލޫމާތު ދީފައިވެއެވެ. އަދި މަގުމަތީގައާއި އެހެނިހެން ތަންތާގައި އުޅޭއިރު ދަރިވަރުންގެ އަމަލުތައް ބަހައްޓަންވީގޮތާއި އެހެން މީހުންނާ ރީތިކޮށް މުއާމަލާތުކުރުމަށް މައުލޫމާތު ދީފައިވެއެވެ.

ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް އަތޮޅުތެރޭގައި ފުލުހުންދަނީ ހިންގަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside