logoEN
Sto top
ތިންވަނަ ކުއާޓަރުގައި ބީއެމްއެލަށް ސާފު ފައިދާގެ ގޮތުގައި 481 މިލިއަން ރުފިޔާ

ތިންވަނަ ކުއާޓަރުގައި ބީއެމްއެލަށް ސާފު ފައިދާގެ ގޮތުގައި 481 މިލިއަން ރުފިޔާ

bml

ތިންވަނަ ކުއާޓަރުގައި ބީއެމްއެލަށް ސާފު ފައިދާގެ ގޮތުގައި 481 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

Wamco

ބީއެމްއެލް އިން 2023ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ނަތީޖާ ތަކަށް ބަލާއިރު، މި ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 659 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 481 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މި ކުއާޓަރުގައި ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ބީއެމްއެލްއަށް ވަނީ ކުރިއެރުން ލިބިފައެވެ. އެގޮތުން މި ކުއާޓަރގައި 1.1 ބިލިއަން ރުފިޔާގެ ލޯން ދޫކޮށްފައިވާއިރު، ބޭންކުގެ ރައުސްމާލާއި، ލިކުއިޑިޓީ ރޭޝިއޯ ގާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފެހެއްޓިފައިވާ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

ބީއެމްއެލް އިން ވަނީ މި ކުއާޓަރގައި އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހޯމް ޕާރޗޭސް ފައިނޭންސިންގ އަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށްފައެވެ. ރާއްޖޭގެ އެނެމް ކުޑަ ރޭޓުގައި ހޯމް ލޯނު ދޫކުރުމާއެކު ބީއެމްއެލް އިން ވަނީ މި ޕްރޮޑަކްޓަށް އިތުރު ހެޔޮ ބަދަލުތަކެއްވެސް ގެނެސްފައެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގަމުންދާ ކަންކަމުން ކަސްޓަމަރުން ރައްކާތެރިކުރުމަށާއި، ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ބޭންކުން ވަނީ، އިންޓަނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް އެކްޓިވް އޮންލައިން ސެޝަންތައް މޮނީޓަރ ކުރުމަށް ޑިވައިސް މެނޭޖްމަންޓް ތައާރަފްކޮށްފައެވެ.

ބީއެމްއެލް އިން ވަނީ މި ކުއާޓަރގައި އިޖުތިމާއީ ޒިންމާގެ ދަށުން، ކޮމިއުނިޓީ ފަންޑު ކާމިޔާބުކުރި ފަރާތްތައް އިއުލާނުކޮށް، ކޮންމެ ކުއާޓަރެއްގައި ކުރިއަށް ގެންދާ ލޭހަދިޔާކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސް، އައިޖީއެމްއެޗް އޮންކޮލޮޖީއަށް ހާއްސަ ވޯޑެއް ހެދުމަށް އެހީވެދިނުމުގެ އިތުރުން ގައުމީ ދާރުލްއާސާރު ތަރައްޤީކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ނަތީޖާއާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ، މި ހަރުދަނާ ނަތީޖާ ދަމަހައްޓާ މިއަހަރު ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، އިންފްލޭޝަން ޕްރެޝަރާއެކުވެސް ބީއެމްއެލްގެ ވިޔަފާރި ކުރިއަރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ ހިންގުމުގެ ހަރަދު ހުރީ ނިމިދިޔަ ކުއާޓަރ ތަކާ އެއްވަރަށް ހިފެހެއްޓިފައި. ކަސްޓަމަރުން ބޭނުންވާ ގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށާއި، ދިވެހިން ހިޔާރުކުރާ ބޭންކުގެ ގޮތުގައި ދެމއޮތުމަސް އަޅުގަނޑުމެން މިދަނީ ބުރަކޮށް މަސައްކަތް ކުރަމުން" - ކާރލް ސްޓުމްކަ

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފް ސާރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަސްވުރެ ގިނަ ކޭޝް އެޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުއަސް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside