logoEN
WAMCO TOP 1
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެމްޑީޕީއިން ސުޕްރީމް ކޯޓަށް!

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެމްޑީޕީއިން ސުޕްރީމް ކޯޓަށް!

އަހުމަދު ޝުރާއު

logo

10/29/2023, 10:54:26 AM

Screenshot 2023-10-29 at 10.54.04

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުބާރު ނެތް ކަމުގެ މައްސަލާގައި އެމްޑީޕިއިން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

THE TRAVELLER AD

އެމްޑީޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދައިދިނުމަށެވެ. ނަމަވެސް މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފައިވާކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅި އިރު ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ވަނީ ބަޔާން ކޮށްފަ އެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ.

އޭގެ އިތުރުން މަޖިލީހުގެ ގަވައިދުގައި ނެތް ހާލަތެއް ދިމާވެއްޖެ ނަމަ އަމަލު ކުރަންވީ ގޮތް ވެސް ސާފުކޮށް ގަވައިދުގައި ބުނެއެވެ. މަޖިލީހުގެ ގަވައިދުގެ 250 ވަނަ މައްދާގައި ބުނާ ގޮތުން މަޖިލީހުގެ ނިންމުންތަކާއި އުސޫލުތަކުން ހައްލެއް ނުލިބިއްޖެ ނަމަ ރިޔާސީ ނިޒާމް ގާއިމް ކުރެވިފައިވާ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި އަމަލު ކުރާ އާންމު އުސޫލަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. މިއާއި އެކު މަޖިލީގުގެ ރައީސް އާއި ނައިބު ރައީސް ގުޅިގެން މަޖިލިސް ހުއްޓުވާލާފައި ބޭއްވޭނެ އެއްވެސް ގޮތެއް ގަވާއިދުގެ ތެރޭގައި ނެތް ކަމަށް އެމްޑީޕީއިން ބުނެއެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި މަޖިލީހުން މި މައްސަލަ ކުރިޔަށް ނުގެންދިޔުމާއި އެކު މިކަމަށް ގާނޫނީ ގޮތުން ހޯދަން ޖެހޭ ހައްލު ހޯދަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ކަމަށް އެމްޑީޕީއިން ބުނެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަަ މަޖިލީހުގައި އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ސަލާމުގައި ހުންނެވުމާއި އެކު ޖަލްސާ ވަނީ ކުރިޔަށް ނުގެންގޮސް ނިންމާލާފައި އެވެ. މަޖިލީހުގެ ރައީސްގެ މައްޗަށް ހުށަހެޅޭ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހެނީ މަޖިލީހުގެ ނައިބު ރައީސްކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ދެވަނަ ފަހަރަށް ހުށަހެޅީ މި މަހުގެ 9 ވަނަ ދުވަހު އެވެ. މި މައްސަލައިގެ ނޯޓިސް ނަޝީދާއި މެންބަރުންނަށް ފޮނުއްވީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

ކޮމެންޓް
ފަހުގެ
HDC