logoEN
Sto top
ކުށެއް ނެތް އެތައް ސަތޭކަ ރައްޔިތުންނެއް ޝަހީދުކުރަމުންދާއިރު، ބައިނަލް އަޤްވާމީ މުޖުތަމަޢު ކޮބައިތޯ؟ - މައުމޫން

ކުށެއް ނެތް އެތައް ސަތޭކަ ރައްޔިތުންނެއް ޝަހީދުކުރަމުންދާއިރު، ބައިނަލް އަޤްވާމީ މުޖުތަމަޢު ކޮބައިތޯ؟ - މައުމޫން

އައިޝަތު އިފާޝާ

logo

10/28/2023, 4:02:00 PM

Maumoon Abdul Qayyoom

ކުށެއް ނެތް އެތައް ސަތޭކަ ރައްޔިތުންނެއް ޝަހީދުކޮށްލަމުން ގެންދާއިރު، ބައިނަލް އަޤްވާމީ މުޖުތަމަޢުތަކުން އެއްވެސް ކަމެއް ނުކޮށް ތިބޭ މައްސަލައާއި ގުޅިގެން ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Wamco

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް މެދުކެނޑުމެއް ނެތި ހަމަލާދީ، އެތައް ހާސް ރައްޔިތުންނެއް ޝަހީދުކޮށްލާފައިވާ މި ދަނޑިވަޅުގައި ބައިނަލްއަޤްވާމީ މުޖުތަމައުތަކުން އެއްވެސް ކަމެއް ނުކޮށް ތިބުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ސޯޝަލްމީޑިއާ ޕްލެޓްފޯމް އެކްސް ގައި ރައީސް މައުމޫން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި، ރެޔާއި ދުވާލު މެދު ނުކެނޑި އިސްރާއީލުން ޣައްޒާއަށް ބޮން އަޅައި ތަފާތު ޙަމަލަތައް ދެމުން ގެންދާކަން ފާހަގަކޮށް ވިދާޅުވީ، ކުށެއްނެތް އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ޝަހީދުވަމުން ދާ ކަމަށެވެ.

ރެޔާއި ދުވާލު މެދު ނުކެނޑި އިޒްރޭލުން ޣައްޒާއަށް ބޮން އަޅައި ތަފާތު ޙަމަލަތައް ދެމުން އެގެންދަނީ. ކުށެއްނެތް އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ޝަހީދުވަމުން އެދަނީ. ތިޔަ ވިދާޅުވާ ބައިނަލް އަޤްވާމީ މުޖުތަމަޢު ކޮބައިތޯ؟ - މައުމޫން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 7،300 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެންމެ ފަހުން ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ރިޕޯޓުން އެނގެން ހުރިއިރު، ރޭ ދިން ވަރުގަދަ ހަމަލާތަކަށްފަހު މިއަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

ޔަހޫދީ އިސްރާއީލުން ރޭ ވަނީ ޣައްޒާއިން މުވާސަލާތީ ޚިދުމަތް ކަނޑާލުމަށްފަހު ވަރުގަދަ ހަމަލާތަކެއް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްފައެވެ. މުވާސަލާތީ ޚިދުމަތް މެދުކެނޑިފައިވުމުގެ ސަބަބުން މިހަމަލާތަކުގައި ޝަހީދުވި އަދި އަނިޔާލިބުނު މީހުންގެ ތަފްސީލެއް މިހާތަނަށް އެނގިފައިނުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC