
ސްޓެލްކޯ| Stelco
މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ، އެކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތަށް މާފަންނާއި، މައްޗަންގޮޅީގެ ކެނެރީ މަގާއި، ސައްޔިދުކިލެގެފާނު މަގު އަދި ބުލްބުލްގޯޅި ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމުގައެވެ.
ހެންވޭރުގެ ބޮޑުފުންގަނޑުމަގާއި، ހިތިގަސްމަގު، މޫންލައިޓް ހިނގުން، ބުރެވިމަގު، ވައިޖެހޭ މަގު، ހީނާގޯޅި، ލަންސިމޫ ގޯޅި، ދުބުގަސް މަގު އަދި މަޖީދީ މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 13:30 އިން 14:45 އަށްވެސް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯ އިން އަންނަނީ އެކުންފުނީގެ ކަރަންޓު ވިއުގަ އަފްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ މަސައްކަތް ކުރާ ވަގުތުތަކުގައި އެ ސަރަހައްދު ތަކުން ކަރަންޓު ކެނޑިދާނެތީ އެކަމަށް އާއްމުން ސަމާލުވުމަށް އިލްތިމާސްކުރެ އެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މާފަށް އެދިފައެވެ.
.gif&w=3840&q=75)



