logoEN
WAMCO TOP 1
ސިވިލް ކޯޓުގެ ގާޒީ ކަމަށް 15 ބޭފުޅަކު ކުރިމަތިލައްވައިފި

ސިވިލް ކޯޓުގެ ގާޒީ ކަމަށް 15 ބޭފުޅަކު ކުރިމަތިލައްވައިފި

އަލްފާ އަލީ

logo

10/22/2023, 2:33:24 PM

1ff6921f-93d2-4249-8660-9128c152809a

ސިވިލް ކޯޓުގެ ގާޒީ ކަމަށް 15 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

THE TRAVELLER AD

ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ ސިވިލް ކޯޓަށް ގާޒީއަކު ހޯދުމަށް އޮކްޓޫބަރު 5 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން 15 ފަރާތަކުން މަގާމަށް ކުރިމަތިލާފައިވާކަމަށެވެ. އަދި ޖޭއެސްސީން ވަނީ ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ވަނަވަރު ހާމަކޮށްފައެވެ.

ސިވިލް ކޯޓުގެ ގާޒީގެ މަގާމް ހުސްވެފައިވަނީ އެ ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނެވި، އަހުމަދު ނިމާލް އަވަހާރަވުމާއި ގުޅިގެންނެވެ. ނިމާލް ކުއްލި ގޮތަކަށް އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށްވެއެވެ. އުމުރުން 36 އަހަރުގެ ނިމާލް ސިވިލް ކޯޓުގެ އިސް ގާޒީއަކަށް ހަމަޖެއްސީ އޮގަސްޓް މަހުއެވެ.

ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް ނިމާލް ހަމަޖައްސާފައި ވަނީ މިދިޔަ މެއި މަހުގެ ނުވަ ވަނަ ދުވަހުއެވެ. ސެޕްޓެމްބަރު މަހު 20 ވަނަ ދުވަހު ނިމާލް އަވަހާރަވުމާއި ގުޅިގެން އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ގާޒީ ފަރުހާދު ރަޝީދުއާ އެވެ.

ކޮމެންޓް
ފަހުގެ
HDC