
Moosun
ކުރިއަތް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކޮށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤާއުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނދު މޫސުމުގެ ވިއްސާރައެވެ. މިގޮތުން ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށާއި، ވިލާގަނޑުގައި ވައި ގަދަވާނެކަމަށް އެއިދާރާއިން ލަފާކޮށްފައިވެއެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، އަދި މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ އިރު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށްވެސް ވާއިޖެހޭނީ 5 މޭލާއި 15 މޭލުގެ ބާރުމިނުގައިކަމަށާއި، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
ރާއްޖޭގެ ސަރަހައްދުގެ ވައި މަޑުވުމާއި ގުޅިގެން ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ.
މި ދުވަސްވަރު ފިނިހޫނުމިން ހުރިހާ ހިސާބެއްގައިވެސް އެވްރެޖްކޮން ރަނގަޅު ވާނެކަމަށް ބެލެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.