
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް : އެވިޑް އެސްސީއިން ސެމީއަށް ދިޔުމުގެ އުންމީދު އާކޮށްފި
DSC_9650
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތުގައި އެވިޑް އެސްސީ އާްއި ހޯނޑެއްދޫ ހޭންޑްބޯލް ކްލަބް ވާދަކުރި މެޗުން އެވިޑް އެސްސީ މޮޅުވެ ސެމީއަށް ދިޔުމުގެ އުންމީދު އާކޮށްފިއެވެ. މިއާއި އެކު ހޯނޑެއްދޫ ހޭންޑްބޯލް ކްލަބް މިވަނީ މުބާރާތުން ކަޓާފައި އެވެ.

އެވިޑް އެސްސީއަށް މުބާރާތުގެ ސެމީއަށް ދެވޭނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޝައިން އެފްސީ ބަލި ވެއްޖެ ހާލަތުގައި އެކަންޏެވެ.
މިރޭ ތިނަދޫ އާރު އަވަށު ދަނޑުގައި ކުޅުނު މި މެޗު އެވިޑް އެސްސީ ކާމިޔާބުކުރީ 17-6 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަނީ ރަނގަޅު މޮޅު ކުޅުމެއް ފެނިގެންގޮސްފައި އެވެ.
މިމެޗުގެ އެވިޑް އެސްސީގެ ގޯލުތަށް ކާމިޔާބުކޮށްދިނީ (ޖާޒީ ނަމްބަރު 7) އިނާ އަލީ 8 ގޯލް ، (ޖާޒި ނަމްބަރު 10) މަރިޔަމް އިބްރާހިމް 1 ގޯލް ، ( ޖާޒީ ނަމްބަރު 11 ) މުޒެއިނާ މުޚްތާރު 8 ގޯލްއެވެ.
އަދި ހޯނޑެއްދޫ ހޭންޑްބޯލް ކްލަބްގެ ގޯލުތަށް ކާމިޔާބުކޮށްދިނީ ( ޖާޒީ ނަމްބަރު 13) ހައްވާ މުޝީރާ 3 ގޯލް , ( ޖާޒީ ނަމްބަރު 5) ޝަހުލާ މުހައްމަދު 1 ގޯލް ، (ޖާޒީ ނަމްބަރު 14) ސަނީފާ ތައުފީގް 1 ގޯލް ، (ޖާޒީ ނަމްބަރު 10) އައިޝަތް ރިފްޤާ 1 ގޯލް އެވެ.
މި މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީއެވިޑް އެސްސީ ޖާޒީ ނަމްބަރު 11 މުޒެއިނާ މުޚްތާރު އެވެ.
މިއީ މި ދެޓީމް ގްރޫޕް ސްޓޭޖުގައި ކުޅޭނެ ފަހުމެޗެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެ ޓީމް ލިސްޓު ހުށަހަޅާފައިއެވެ. ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ( އެސްޓީއޯ ) އެވެ.
މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.
ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.