
Maumoon
ކަނޑުގެ ލޮނުގަނޑު އުފުލެމުން ދާ ކަމީ ހަގީގަތެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެންމެންވެސް ސައެންޓިފިކް ހަގީގަތްތައް ގަބޫލުކުރަން ޖެހޭ ކަމަށާއި، ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑޫގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ ހަގީގަތެއް ކަމަށެވެ.
މައުމޫން އިތުރަށް ވިދާޅުވީ، މިވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ކަނޑުގެ ސަތަޙަ 3.4 މިލިމީޓަރ އުފުލިފައިވާ ކަމަށް ސެޓެލައިޓް މައުލޫމާތުދަކުން ދައްކާ ކަމަށެވެ.
މައުމޫން މިހެން ވިދާޅުވެފައިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަލްޖަޒީރާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކަނޑުގެ ލޮނުގަނޑު އުފުލި ރާއްޖެ އަޑިއަށްދާ ވާހަކަ ގަބޫލުނުކުރައްވާކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިތުރު ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.