
Hassan Latheef
ދަ ޑިމޮކްރެޓްސްގެ ރައީސް ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ކަމުގައި ހުންނެވި ހަސަން ލަތީފް ކުރިމަތިލައްވައިފި އެވެ.

ހަސަން ލަތީފު މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ އެމަގާމަށް ކުރިމަތިލައްވާކަން އިއުލާނުކޮށް ހުރިހާ ޑިމޮކްރެޓުންގެ ތާއީދު އޭނާއަށް ދެއްވުމަށް އެދިވަޑައިގެންފައެވެ.
ހަސަން ލަތީފް މި މަގާމަށް ކުރިމަތިލައްވާފައިވާ އިރު އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަދި އެޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގެ ވާދަކުރެއްވި އިލްޔާސް ލަބީބުގެ ރަނިންމޭޓު ހުސެއިން އަމްރުވެސް ވަނީ އެޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަން މީގެ ކުރިން އިއުލާނުކޮށްފައެވެ.
ޑިމޮކްރެޓްސްގެ 23 މަގާމަކަށް އިންތިޚާބު ކުރުމަށްހުޅުވާލާފައިވާއިރު، މި އިންތިޚާބު ކުރިއަށްދާނީ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ.