![އަންނަ އަހަރު އާންމުންގެ އަތުން އިތުރު ފީތަކެއް ނަގަނީ](/_next/image?url=%2Fsikundi-content%2Fuploads%2F2020%2F11%2Fbig_nhvvNFnbmhMyu68XHnPoOzKY5.jpg&w=3840&q=75)
big_nhvvNFnbmhMyu68XHnPoOzKY5
2021 ވަނަ އަހަރަށް އާމްދަނީ އިތުރުކުރުމުގެ ގޮތުން އާންމު ރައްޔިތުންގެ އަތުން އިތުރުފީތަކެއް ނެގުމަށް 2021ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގައި ހިމަނައިފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ރައްޔިތުންގެ މަޖިލާހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ 34.7 ބިލިައަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގައި އާންމުރައްޔިތުންގެ އަތުން މުޅިން އަލަށް ނަގަން ނިންމާފައިވަނީ ކޮންޖެޝަން ޗާޖަކާއި ޕާކިން ފީއެކެވެ. މިފީތަކުން ދައުލަތަށް 2021 ވަނައަހަރު 36.6 މިލިއަންރުފިޔާ ލިބޭނޭކަމަށް އަންދާޒާ ކޮށްފައެވެ.
ދައުލަތުން 2021 ވަނަ އަހަރަށް އަންދާޒާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައިވާ ގޮތުން ކޮންޖެޝަންފީނެގުމުގެ މައިގަނޑު މަޤުޞަދަކީ މާލޭ ސަރަހައްދަކީ ގިނަ އަދަދެއްގެމީހުން ދިރިއުޅޭ ސަރަހައްދަކަށްވެފައި ގިނަ އަދަދެއްގެ ދުއްވާއުޅަނދު ބޭނުންކުރާ ސަރަހައްދަކަށްވުމުން އެކަމުގެ ސަބަބުންމަގުތަކަށް ބާރުބޮޑުވެ ބައިބޯވުން އިތުރުވާތީ މާލޭ ސަރަަހައްދުގެބައިބޯވުން ކުޑަކުރުމެވެ. މި ޗާޖް ނަގަން ނިންމާފައިވަނީ ހަމައެކަނި މާލޭ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާއުޅަނދުތަކުންނެވެ. މި ޗާޖު ނެގުމަށް ހަމަޖެހިފައިވަނީ ވެހިކަލްއަހަރީ ފީ ނެގުމަށް ކަނޑައަޅާފައިވާ ރޭޓުންނެވެ. އަދި އިތުރު ފީއެއްގެ ގޮތުގައި ނަގާ ޕާރކިން ފީއަކީ ކާރު ޕާރކްކުރާ ތަންތަނުން މަހުފީއެއްގެ ގޮތުގައި ނަގަން ކަނޑައަޅާފައިވާ ފީއެކެވެ.
2021ވަނަ އަހަރަކީ ދައުލަތަށް އިތުރު އާމްދަނީ އާއި ބޭރުގެ އެހީއާއި ލޯންތަށް ބޭނުންވާނެ އަހަރެއްކަމަށް ސަރުކާރުންވެސް ވަނީބުނެފައެވެ. ކޮވިޑް 19 ގެ ސަބަބުން ދުނިޔޭގެ އެހެންގައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ އިގްތިސާދަށްވެސް ވަނީއަސަރުކޮށްފައެވެ.