
Screenshot 2023-10-16 at 22.59.43
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވައިފި އެވެ.

ފާރިސް މައުމުން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤައުމު އިޞްލާޙު ކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މުހިންމު ކަން ބޮޑުކަމުން، ކުރިއަށް އޮތް އިންތިޚާބުގައި މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ޤަޞްދު ކުރާކަމަށެވެ. އަދި ފާރިސް ވަނީ އެދާއިރާގެ ރައްޔިތުންގެ ކިބައިން ތާއިދަށް އެދިވަޑައިގެންފައެވެ.
ފާރިސް މައުމޫން އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ. ފާރިސް 18 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ ދިއްގަރު ދާއިރާއިންނެވެ.
ފާރިސް ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާފައި އެވެ. އެގޮތުން ރިޔާސީ އިންތިިހާބުގައި ފާރިސްއަށް ލިބިވަޑައިގެންނެވީ 2،979 ވޯޓެވެ. އެއީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލި މީހުންގެ 1.35 އިންސައްތަ ވޯޓެވެ.