logoEN
cocacola
އާމިރު ޚާންގެ ކުރިއަށް އޮތް ފިލްމުގެ ނަމަކީ "ސިތާރޭ ޒަމީން ޕަރް"

އާމިރު ޚާންގެ ކުރިއަށް އޮތް ފިލްމުގެ ނަމަކީ "ސިތާރޭ ޒަމީން ޕަރް"

އައިޝަތު އިފާޝާ

logo

10/11/2023, 10:45:27 AM

14ac460c-849e-11eb-9ef8-b9b5dd0197bc_1615711065898_1617531048179 copy

ދަރްޝީލް ސަފަރީ އާއި އާމިރު ޚާން 2007 ވަނަ އަހަރު ރިލީޒްކުރި "ތާރޭ ޒަމީން ޕަރް" އިން ބްލޮކްބަސްޓާ ހިޓް ފިލްމެކެވެ.

ގޮސިޔާ

އާމިރު ޑައިރެކްޝަނަށް ނުކުތް މި ފިލްމަކީ އުމުރުން އަށް އަހަރުގެ ޑިސްލެކްސިކް ކުއްޖެއް ކަމަށްވާ އިޝާންގެ ހަޔާތާއި އިމޭޖިނޭޝަން ދައްކުވައިދޭ ފިލްމެކެވެ.

ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރުން އާމިރު ވަނީ އެ ފިލްމުގެ ލީޑު ރޯލުގައި މަސައްކަތްކޮށްފަ އެވެ. އަމޯލް ގުޕްތޭ ލިޔެފައިވާ މި ފިލްމަށް ވަނީ ނެޝަނަލް އެވޯޑެއް ވެސް ލިބިފަ އެވެ. އާމިރު ޚާން މިހާރު ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސިތާރޭ ޒަމީން ޕަރް" އިއުލާންކޮށްފަ އެވެ. އޭނާ ބުނީ ފިލްމުގެ ތީމަކީ "ތާރޭ ޒަމީން ޕަރް" އާ އެއްގޮތް ޝިއާރެއް ކަމަށެވެ.

އާމިރް ޚާން އޭނާގެ ކުރިއަށް އޮތް ފިލްމު އިއުލާނުކޮށްފައިމިވަނީ، "ލާލް ސިންގ ޗައްޑާ" ގެ ނާކާމިޔާބީއަށްފަހުއެވެ. ނިއުސް18 އަށް ދިން އިންޓަވިއުއެއްގައި އާމިރު ބުނީ އެކަމާ ބެހޭ ގޮތުން އާންމުކޮށް ވާހަކަ ދައްކާފައި ނުވާ ކަމަށާއި މިހާރު ވެސް މާ ގިނަ ވާހަކައެއް ނުދެއްކޭނެ ކަމަށެވެ.

ނަމަވެސް ފިލްމުގެ ނަމާއި ފިލްމުގެ ބާވަތް އާމިރު ވަނީ ކިޔައިދީފައެވެ. އެގޮތުން ކުރީގެ ފިލްމު ބެލި ގިނަ ބަޔަކު ރޮއްވާލާފައިވާކަން ފާހަގަކޮށް އާމިރު ބުނީ މި ފިލްމަކީ މުނިފޫހިފިލުވައިދޭނެ ފިލްމެއް ކަމަށެވެ. މި ފިލްމުވެސް ޕްރޮޑިއުސް ކުރާނީ އަމިއްލައަށް ކަމަށް އާމިރު ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ