
ގިނަ ބަޔެއްގެ މެދުގައި މަގުބޫލު "ލޯފަން މަރިޔަމް ދީދީ" ނިޔާވެއްޖެ
387137451_10232110098079557_437001985960711039_n
"ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން" ލަވައިން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ގދ ތިނަދޫ/ ސްޓާލިން މަރިޔަމްދީދީ (ލޯފަން މަރިޔަމް ދީދީ) ނިޔާވެއްޖެއެވެ.

މަރިޔަމް ދީދީ ނިޔާވީ މިރޭގެ ވަގުތެއްގައެވެ. ނިޔާވި އިރު އުމުރަކީ 73 އަހަރެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރިޔަމް ދީދީ ދިރިއުޅޭ ގޭގައި ވެއްޓިފައި އޮއްވާ ފެނިގެން ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ،
މާތް ﷲ މަރިޔަންދައްތަގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި. އާމީން