logoEN
cocacola
ފުރަތަމަ ފަހަރަށް ނާސާއިން އެސްޓްރޮއިޑް ސާމްޕަލެއް ދުނިޔެއަށް ގެނެސްފި!

ފުރަތަމަ ފަހަރަށް ނާސާއިން އެސްޓްރޮއިޑް ސާމްޕަލެއް ދުނިޔެއަށް ގެނެސްފި!

ޝައުފާ އިސްމާއިލް

logo

10/4/2023, 11:54:23 AM

ezgif-3-0c32c0a02c

ނާސާގެ އޮސިރިސް-ރެކްސް (އޮރިޖިންސް، ސްޕެކްޓްރަލް އިންޓަރޕްރިޓޭޝަން، ރިސޯސް އައިޑެންޓިފިކޭޝަން އެންޑް ސެކިއުރިޓީ - ރެގޯލިތު އެކްސްޕްލޯރާ) ޓީމުން އެތައް އަހަރެއް ވަންދެން ކުރި އުންމީދާއި ބުރަ މަސައްކަތަށްފަހު، 'އެސްޓްރޮއިޑް ބެނޫ' އިން އެއްކުރި ހިލައާއި ކުނީގެ ކެޕްސޫލެއް އެންމެ ފަހުން ދުނިޔެއަށް ގެނެސްފި އެވެ.

ގޮސިޔާ

ޑިޕާޓްމަންޓް އޮފް ޑިފެންސްގެ އުޓާގެ ޓްރެއިނިންގް އަދި ތަމްރީން ހިންގާ ހަނަފަސް ސަހަރާގައި އާދީއްތަ ދުވަހުގެ ހެނދުނު ކެޕްސުލްވަނީ ޖައްސާފައެވެ. ކެޕްސުލް އައުމާއެކު ނާސާގެ ޓީމަކުން ވަނީ ޖޯންސަން ސްޕޭސް ސެންޓަރަށް މަތިންދާބޯޓުން ގެންގޮސްފައެވެ. ސާމްޕަލް ކެނިސްޓާގެ ތެރެއަށް ދުނިޔެމަތީގެ އެއްވެސް ތަޣައްޔަރުކަމެއް ނުވެއްދުމަށްޓަކައި އެ ޓީމުން ވަނީ އިތުރު ސަމާލުކަމެއް ދީފައެވެ.

އެސްޓްރޮއިޑް ބެނޫއިން ނެގި ސާމްޕަލްތަކުގެ ސަބަބުން ދުނިޔެ އުފެދުމާއި، ބިމުގައި ދިރުން އުފެދުނު އޯގަނިކްސް އާއި ފެނުގެ އަސްލު ރަނގަޅަށް ދެނެގަތުމުގެ އިތުރުން ނުރައްކާތެރި އެސްޓްރޮއިޑްތަކާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދައި، މުޅި އިންސާނިއްޔަތަށް ފައިދާ ކުރާނެ ދިރާސާތަކަށް މަގުފަހިވެގެންދާނެއެވެ.

އޮސިރިސް-ރެކްސް އިން ސާމްޕަލް ނެގި އެސްޓްރޮއިޑް ކަމަށްވާ ބެނޫ އަކީ ގާތްގަނޑަކަށް 4.5 ބިލިއަން އަހަރު ވީ މެޓީރިއަލްއިން އުފެދިފައިވާ އެސްޓްރޮއިޑެއް ކަމަށް ބެލެވެއެވެ. މި އެސްޓްރޮއިޑުން 250 ގްރާމް ގެ ސާމްޕަލްއެއް ގެނެސްފައިވާ ކަމަށް ނާސާއިން ބުނެއެވެ. އަދި އޭގެ ސަބަބުން މަދު މިންވަރެއްގެ މާއްދާތައް ދިރާސާ ކުރުމުގައި ފަސޭހަތަކެއް ލިިބިގެންދާނެކަމަށެވެ.

މި ސާމްޕަލްގެ ފުރަތަމަ ހޯދުންތަކުގެ އިތުރުން ހިލައާއި ކުނީގެ ބައެއް ފޮޓޯތައް އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ލައިވް ބްރޯޑްކާސްޓްކުރާ އިރު ހާމަކުރާނެކަމަށް ނާސާއިން ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ