logoEN
Sto top
މެމްބަރު ޝަރީފަށް ހަމަލާދިން މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފި

މެމްބަރު ޝަރީފަށް ހަމަލާދިން މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފި

އަލްފާ އަލީ

logo

10/3/2023, 5:26:14 PM

New Project

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ)އަށް ހަމަލާދިނުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

Wamco

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ކޯޓު އަމުރެއްގެ ދަަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނަކާއި، 24 އަހަރުގެ ތިން ފިރިހެނުންނެވެ. މި އެންމެންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 27 އަހަރުގެ މީހާއާ 24 އަހަރުގެ ދެމީހުން 60 ދުވަސް އަދި 24 އަހަރުގެ އެކަކު 30 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މެމްބަރު ޝަރީފަށް ހަމަލާ ދީފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ތެރެއިން އޭނާ މެންހެޓަން ބިޒްނަސް ހޮޓަލުގެ ތެރޭގައި ހުއްޓާއެވެ. މި ހަމަލާއާ ގުޅިގެން ޝަރީފުގެ މޫނުމައްޗަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. މެމްބަރު ޝަރީފް ވަނީ އޭނާއަށް ހަމަލާދިން މީހުން ކަމަށްބުނެ ބައެއްގެ ފޮޓޯ ޓުވިޓާގައި ވެސް ހިއްސާކޮށްފައެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިޔަށްދަނިކޮށް އައްޑޫ ސިޓީގެ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނިހާދަށް ވެސް ބަޔަކު ވަނީ ހަމަލާ ދީފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside