logoEN
Sto top
މެމްބަރު ޝަރީފަށް ހަމަލާދިން މައްސަލަައިގައި ޒުވާނަކު ހައްޔަރުކޮށްފި

މެމްބަރު ޝަރީފަށް ހަމަލާދިން މައްސަލަައިގައި ޒުވާނަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

10/2/2023, 6:56:20 PM

New Project

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ)އަށް ހަމަލާދިނުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

Wamco

މައުލޫމާތު ލިބިފައިވާގޮތުގައި މެމްބަރު ޝަރީފު އަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

މެމްބަރު ޝަރީފަށް ހަމަލާ ދީފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ތެރެއިން އޭނާ މެންހެޓަން ބިޒްނަސް ހޮޓަލުގެ ތެރޭގައި ހުއްޓާއެވެ. މި ހަމަލާއާ ގުޅިގެން ޝަރީފުގެ މޫނުމައްޗަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.

މެމްބަރު ޝަރީފް ވަނީ އޭނާއަށް ހަމަލާދިން މީހުން ކަމަށްބުނެ ބައެއްގެ ފޮޓޯ ޓުވިޓާގައި ވެސް ހިއްސާކޮށްފައެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިޔަށްދަނިކޮށް އައްޑޫ ސިޓީގެ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނިހާދަށް ވެސް ބަޔަކު ވަނީ ހަމަލާ ދީފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside