logoEN
Sto top
ބްރޯޑްކޮމް އަށް ފަޒީން

ބްރޯޑްކޮމް އަށް ފަޒީން

އަހުމަދު ޝުރާއު

logo

3/2/2021, 3:22:35 PM

fazeen

ހުސްވެފައިވާ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުގެ މަގާމަށް ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި އެވެ.

Wamco

މަޖިލީހުގައި މިއަދު ނެގި ވޯޓުގައި 55 މެމްބަރަކު ފަޒީން އައްޔަނުކުރަން ވޯޓު ދެއްވި އެވެ. މިއަދު ވޯޓު ނެގުމަށް ހަމަޖެހުނީ ފަޒީން އާއި ވީޓީވީގެ ކުރީގެ ޕްރެޒެންޓަރު ޝިފްޒާ މުސްތަފާގެ ނަމަށެވެ. ފަޒީންގެ ނަން ފާސްވުމުން ޝިފްޒާގެ ނަމަށް ވޯޓަކަށް ނާހަ އެވެ.

ބްރޯޑް ކޮމްއަށް އައްޔަނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުވި ލިސްޓުގެ ކުރީގައިވެސް އޮތީ ފަޒީން އެވެ. ދެވަނައިގައި އޮތީ ޝިފްޒާއެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯކޮމްގައި މިހާރު ތިއްބެވީ ހަ މެމްބަރުން ނެވެ. މެމްބަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުރި ޒީނާ ޒާހިރު މަގާމުން އިސްތިއުފާ ދެއްވުމުން ނެވެ.

ބްރޯޑްކޮމްގެ ރައީސް ކަމުގައި ހުންނަވަނީ މަރިޔަމް ވަހީދާއެވެ. އަދި ކޮމިޝަންގެ ނައިބު ރައީސްއަކީ އަހުމަދު ގައިސްއެވެ. ދެން އެ ކޮމިޝަންގައި ތިއްބެވީ އަލީ ޔޫސުފު، އައިމިނަތު އަމީނާގެ އިތުރުން އައިމިނަތު ސަހާރަތު އިއްޒަތާއި، އަމްޖަދު ވަހީދެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside