![މެމްބަރު ނިހާދަށް ވެސް ބަޔަކު ހަމަލާ ދީފި](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F09%2Fimg_md_202203170513591647519239.4532.png&w=3840&q=75)
img_md_202203170513591647519239.4532
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާ ދީފި އެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
ނިހާދަށް ހަމަލާދިނީ ކޮންބައެއް ކަމާއި އަދި ކީއްވެ ކަމެއް މިހާތަނަށް ސާފުވެފައިނުވާއިރު، އޭނާއަށް ހަމަލާދިނުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނިހާދަށް ހަމަލާދީފައިވަނީ އައްޑޫ ސިޓީ ފޭދޫގައި ހުންނަވަނިކޮށެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، ފޭދޫ ދާއިރާގެ މެމްބަރު ނިހާދުގެ ގައިގައި ޖަހާފައިވާ މައްސަލައެއް މިއަދު 11:45 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މިމައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަަލަމުން ގެންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ނިހާދު ގައިގަ ބަޔަކު ޖަހާފައިވާއިރު، މިއަދު މެންދުރު ފަހު ގެ ވަގުތެއްގައި މެމްބަރު ޝަރީފަށްވެސް ބަޔަކު ހަމަލާދިނުމުގެ ސަބަބުން ޒަޚަމްތަކެއް ލިބިފައިވެއެވެ.
މި ދެމައްސަލައާ ގުޅިގެން ވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިނުވެއެވެ.