New Project
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް ބަޔަކު ހަމަލާދީފިއެވެ.
މެމްބަރު ޝަރީފަށް ހަމަލާދީފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި މެންހަޓަން ބިޒްނަސް ހޮޓަލް ތެރޭ މަރަދޫ ދާއިރާގެ ކެމްޕޭން ޓީމާ އެކު އޭނާ އިންނަވަނިކޮށް އެތަނުގެ ތެރެއަށް ގުރޫޕަކުން ވަދެ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހަމަލާގެ ސަބަބުން މެމްބަރު ޝަރީފްގެ މޫނަށް އެކި ވަރުގެ ޒަޚަމް ލިބިފައިވެއެވެ. އަދި އޭނާގެ މޫނު މަތި ހުރީ ނޫފައިގެންފައެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، މެންހަޓަން ބިޒްނަސް ހޮޓަލް ތެރޭ މެމްބަރު ޝަރީފަށް ބަޔަކު ހަމަލާ ދީފައިވާ މައްސަލައެއްް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެތަނުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިނުވެއެވެ.