![ފިރުޝާންގެ ސޮޔާއެކު މަލީހު މަގާމުން ދުރުކުރުމަށް ހުށަހަޅައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2020%2F11%2FD5CDB46A-BFA7-4D14-8788-DA2341283B9D.jpeg&w=3840&q=75)
D5CDB46A-BFA7-4D14-8788-DA2341283B9D
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހް ޖަމާލް މަގާމުން ވަކިކުރުމުގެ މަސައްކަތް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމަންޓްރީ ގުރޫޕުން ފަށައިިފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕަށް ހުށަހެޅުމަށް ގަރާރެއްގައި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވަނީސޮއިކޮއްފައެވެ. ފިރުޝާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިސްޓަރު އޮފް ކޮމިއުނިކޭޝަންސް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި ހުންނެވި މަލީހުޖަމާލުގެ އިތުބާރުނެތް ކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅައިފި ކަމަށެވެ.
ފިރުޝާން މީގެ ކުރިންވެސް ވަނީ މަލީހުއަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ބޮޑުކަމެއްލައިގަންނަ އިރަށް ޗުއްޓީ ނުނަންގަވާ މިނިސްޓްރީއާއި ހަވާލުކުރެވިފައިވާމެންޑޭޓަސް މަސައްކަތް ކުރެއްވުމަށް މަލީހްގެ ކިބައިން އެދިވަޑައިގަތެވެ.
މަލީހު މަގާމުން ވަކިކުރުމުގައި އިސްކޮށް ހުންނެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އަދި މި ގަރާރުގައި މީކާއިލް އާއި ފިރުޝާންހިމެނޭ ގޮތަށް 10 މެންބަރަކު ވަނީ ސޮއި ކުރައްވާފައެވެ.
މަލީހް އަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމަށް ވަޑައިގަތް ބޭފުޅެކެވެ. އެމްޕީޑީގެ ގިނަ މެމްބަރުން ތަކެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ބޭފުޅެކެވެ. އެގޮތުންރައީސް ސޯލިހްގެ ވައުދެއް ކަމަށްވާ އިންޓަނެޓް އަގުހެޔޮ ކުރުމުގެ ވައުދު މިއަދާ ހަމައަށް އައިރުވެސް ފުއްދިފައި ނުވާތީ ގިނަ ބަޔަކު އަންނަނީ މަލީހް މަގާމުންދުރުކުރުމަށް ގޮވާލަމުންނެވެ.
މި ސަރުކާރުގެ ހަތަރު މިނިސްޓްރީއެއްގެ މިނިސްޓަރުގެ މަގާމު ވަނީ މި 2 އަހަރު ތެރޭގައި ބަދަލު ވެފައެވެ. ޖެންޑާ މިނިސްޓަރަކަށް ހުންނެވި ޝިދާތާޝަރީފްއާއި ހައުސިން މިނިސްޓަރަކަށް ހުންނެވި އައިމިނަތު އާތިފާ ޝަކޫރުގެ އިތުރުން ހެލްތް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ އަމީން އަކީ ސަރުކާރުގެކެބިނެޓުގައި ހިމެނުނު ވަޒީރުންތަކެވެ. އެހެން ނަމަވެސް އެކި އެކި ސަބަބުތަކާއި އެކު މި ވަޒީރުންތައް ވަނީ މަގާމުތަކުން އިސްތިއުފާ ދެއްވާފައެވެ. ޓުއަރިޒަމްމިނިސްޓްރީން އަލީ ވަހީދު ވަނީ ރައީސް ވަކިކުރައްވާފައެވެ.