logoEN
PNC TOP 3
 ކުޑަކުއްޖަކަށް އަނިޔާ ކުރި ކަމަށްބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ކުޑަކުއްޖަކަށް އަނިޔާ ކުރި ކަމަށްބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

Admin

logo

11/16/2020, 1:29:28 PM

181233_3_6e55ac4b5c857d0e93a7911be4d4d60dd5cc93ba_medium

ގދ.ތިނަދޫގައި ކުޑަ ކުއްޖަކަށް އަނީޔާ ކުރިކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

PNC MID 2

ފުލުހުން ދެންމެ ކުރި ޓުވީޓެެއްގައި ބުނެފައިވާ ގޮތުގައި ގދ ތިނަދޫގައި 13 އަހަރުގެ ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ރިޕޯޓްކުރުމާ ގުޅިގެން އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ. މިމައްސަލަ ފުލުހުންނާއި މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށާއި ކުއްޖާއަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ޖެންޑާ މިނިސްޓްރީން ކަށަވަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި މިކަހަލަ މައްސަލަ ތަކަކީ ފުލުހުން ސީރައަސް ކޮޮށް ބަލަމުން ދާނެެ މައްސަލަތަކެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ތިނަދޫގައި ކުއްޖަކަށް އަނިޔާކުރި މައްސަލައެެއް ފެންމަތިވެފައިވަނީ ރޭގެ ވަގުތެއްގައެވެ. މިކަން އާއްމުންގެ ސަމާލުކަމަށް އައިސްފައިވަނީ ޓްވިޓާގައި މީހަކު ކުރި ޕޯސްޓެއްގައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC