![އަޅުގަނޑުގެ ލަފަޔަކަށް ސަލީމް އެދުނު ނަމަ، ވަކި ކޮޅަކަށް ނޭރުމަށް ލަފާ އަރުވާނަން - އުމަރު](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F09%2Fphoto_2023-09-02-22.52.36.jpeg&w=3840&q=75)
އަޅުގަނޑުގެ ލަފަޔަކަށް ސަލީމް އެދުނު ނަމަ، ވަކި ކޮޅަކަށް ނޭރުމަށް ލަފާ އަރުވާނަން - އުމަރު
Umar Naseer
ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އުމަރު ނަސީރުގެ ރަނިންމޭޓް އަހުމަދު ސަލީމް އެމް،ޑީ،ޕީ ކެންޑިޑޭޓް އަށް ތާއީދު ކުރައްވަން ނިންމެވި ނިންމެވުން އެއީ އެބޭފުޅާގެ އަމިއްލަފުޅު ނިންމެވުއް ކަމަށް އުމަރު ވިދާޅުވެއްޖެއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ސަލީމް މިއަދު ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމަވައި ކެމްޕެއިން ހަރަކާތަށް ނިކުމެވަޑައިގެންފައިވާއިރު، ރިޔާސީ އިންތިޚާބުގައި ހަތަރު ވަނައަށް އެންމެ ގިނަ ވޯޓު ހޯދި ކެންޑިޑޭޓް އުމަރު ނަސީރު ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމާފައެވެ.
ސަލީމް ރައީސް ސޯލިހަށް ތާއީދު ކޮށް ކެމްޕޭނަށް ނުކުތުމާއި ގުޅިގެން އުމަރު ވިދާޅުވީ، އެކަމާ ގުޅޭގޮތުން ސަލީމް އެމަނިކުފާނުގެ ލަފަޔަކަށް އެދުނު ނަމަ، ވަކި ކޮޅަކަށް ނޭރުމަށް ލަފާ އަރުވާނެ ކަމަށެވެ.
އަޅުގަޑާއެކު މަސައްކަތް ކުރެއްވި ކޮންމެބޭފުޅަކީވެސް އަމިއްލަ މިނިވަން ބޭފުޅުން. އަމިއްލަ ނިންމުން ނިންމެވޭނެ ބޭފުޅުން. ކޮންމެ ނިންމެވުމެއް ނިންމެވިޔަސް އެކުވެރިކަމާ ގާތްކަން އޮންނާނެ. - އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، މިހާރުވެސް އެމަނިކުފާނުގެ ނިންމެވުން ވަރަށް ސާފު ކަމަށާއި، ބަދަލެއްވެސް ނުވާނެ ކަމަށެވެ. އެއީ ވަކި ބޭފުޅަކަށް ތާއީދު ނުކޮށް ހުރުން ކަމަށެވެ.