logoEN
Sto top
ނިކޮލަސް ޖެކްސަން ކަމިޔާބުކުރި ހަމައެކަނި ލަނޑާއެކު، ޗެލްސީ ލީގުކަޕްގެ ދެވަނަ ބުރަށް

ނިކޮލަސް ޖެކްސަން ކަމިޔާބުކުރި ހަމައެކަނި ލަނޑާއެކު، ޗެލްސީ ލީގުކަޕްގެ ދެވަނަ ބުރަށް

ހަސަން ޝަމްއޫން

logo

9/28/2023, 8:00:12 AM

IMG_20230928_032638

އިގިރޭސި ލީގުކަޕްގެ ތިންވަނަ ބުރުގައި މިރޭ އަމިއްލަ ދަނޑުގައި ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ޗެލްސީ އިން ކަށަވަރުކޮށްފިއެވެ.

Wamco

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި ލަނޑުޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ ބްރައިޓަން އަށެވެ. އެގޮތުން ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް ޖޮއާއު ޕެޑްރޯއަށް ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައިރު، 33 ވަނަ މިނެޓުގައި އެޓީމުގެ އަންސޫ ފާޓީ ފޮނުވާލި ބާރު ހަމަލާ ޗެލްސީގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ޗެލްސީ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރި އިރު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ނިކޮލަސް ޖެކްސަން އެވެ. މިއީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޗެލްސީ އިން ކުޅުނު ހަތަރު މެޗުގައި އެޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޗެލްސީ ނުކުންނާނީ ބްލެކްބާން އާއި ދެކޮޅަށެވެ. އަދި ޕްރެމިއާ ލީގުގައި އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ފުލަމް އާއި ދެކޮޅަށް ޗެލްސީ ނިކުންނައިރު، މިމަހުގެ 30 ވަނަ ދުވަހު ބްރައިޓަން ނިކުންނާނީ ރަށުން ބޭރުގައި އެސްޓަން ވިލާ އާއި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside