375599798_6985142434829400_6432309680155236366_n
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ޕީޕީއެމްއަށް ސޮއި ކުރައްވައިފިއެވެ.
މުސާ ސިރާޖް ޕީޕީއެމްއަށް ސޮއިކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އާއި އެކު މިހާރު ލާމު އަތޮޅު ގަމުގައި ކުރިޔަށްގެންދާ ބޮޑު ޖަލްސާގެ ތެރެއިންނެވެ. އެގޮތުން މޫސާ ސިރާޖް ވަނީ އޭނާ ޕީޕީއެމްއާއި ގުޅިވަޑައިގެންނެވި މެމްބާރޝިޕް ފޯމު ޕީޕީއެމް ޕީއެންސީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި ހަވާލުކޮށްދެއްވާފައެވެ.
މޫސާ ސިރާޖް އަކީ އެމްޑީޕީގެ ޓިކެޓުގައި ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރުކަމަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް އެނާ ވަނީ މިދިޔަ މަހުގެ ތެރޭގައި އެމްޑީޕީއިން ވަކިވެވަޑައިގެން ރަސްމީކޮށް ޑރ މުއިއްޒު އެންޑޯޒްކުރައްވާފައެވެ.
އެމްޑީޕީގެ ތެރޭގައި އުފެދުނު ބައިބައިވުންތަކުގެ ތެރޭގައި މޫސާ ސިރާޖް މަސައްކަތް ކުރެއްވީ ރައީސް ނަޝީދުއާއި އެކުގައި އެވެ.
މިރޭ ގަމުގައި ކުރިޔަށްދާ ޖަލްސާގައި މޫސާ ސިރާޖުގެ އިތުރުން ލ އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ ވެސް ވަނީ ޕީޕީއެމްއާއި ގުޅިވަޑައިގެންފައެވެ.