logoEN
cocacola
އިންތިހާބުގެ ތެރެއަށް އެހެން ގައުމުތައް ނުވެއްދުމަށް ނަޝީދު ގޮވާލައްވައިފި

އިންތިހާބުގެ ތެރެއަށް އެހެން ގައުމުތައް ނުވެއްދުމަށް ނަޝީދު ގޮވާލައްވައިފި

އަލްފާ އަލީ

logo

9/24/2023, 6:00:29 PM

F6x_nmqbcAAyzeV

ރިޔާސީ އިންތިހާބުގެ ތެރެއަށް އެހެން ގައުމުތައް ނުވެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ގޮސިޔާ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީީ، ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓުން ވާދަކުރައްވާއިރު އެހެން ގައުމުތައް މިކަމުގެ ތެރެއަށް ނުވެއްދުމަށް އެދިލައްވާފައެވެ.

ނަޝީދު ވިދާޅުވީ، ދިވެހި ދައުލަތް ރީތިކޮށް އޮމާންކޮށް އަބަދުވެސް ހިނގަމުންދާނެ ކަމަށެވެ. އަދި މިރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތް އޮތީ ވަރަށް އުޖާލާކޮށް ކަމަށްވެސް ނަޝީދު ފާހަގަކުރެއްވި އެވެ.

ނަޝީދު މިހެން ވިދާޅުވި އިރު، ރާއްޖޭއަށް ބޭރުގެ ނުފޫޒް އޮތް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަންނަނީ އެވާހަކަތައް ތަކުރާރުކޮށް ތުހުމަތުކުރައްވަމުންނެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ތާއީދުކުރެއްވީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބުއަށް ކަމަށެވެ. ދެވަނަ ބުރުގައި އެ ޕާޓީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމާފައިވާތީ އެމަނިކުފާނުވެސް ދެވަނަބުރެއްގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރައްވާނެ ކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ